ޖަލްސާގެ ކުރެވުނު މަސަތްކަތްތައްމާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 62 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ04 އޮގަސްޓް 2022 ވަނަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލުގެ 04 ވަނަ ދައުރުގެ 61 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.އިދާރީ ގޮތުން ހުށަހަޅާ މައްސަލަ.ޤަވާޢިދު ނަންބަރު: 2022/R-58 ( ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލް ތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު ) ގެ 21 ވަނަ މާއްދާގެ (ހ) ގައި " މި ޤަވާއިދުގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި ހިލާފްނުވާ ގޮތުގެ މަތިން، ކައުންސިލުން އެ އަހަރަށް ފާސްކުރާ ބަޖެޓުގެ " ޖެނެރަލް ލެޖަރ ކްލެސިފިކޭޝަން " ގެ 3 ޑިޖިޓުގެ ބަޖެޓު ކޯޑުތަކުގައި ހިމަނާފައިވާ ފައިސާ އެއްބައިން އަނެއްބަޔަށް ބަދަލުކުރެވޭނީ ކައުންސިލުން ފާސްކޮށްގެންކަން ބަޔާންކޮށްފައިވާތީ، މި ބަދަލު ގެނައުމުގެ ބާރު ސެކެޓްރީ ޖެނެރަލް އަށް ކައުންސިލުން ދިނުމާމެދު ގޮތެއް ނިންމުން.