މާލެ ސިޓީ ކައުންސިލްގެ ޕާރކް ވޮލީ މުބާރާތުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ23 އޭޕްރިލް 2022


މާލެ ސިޓީ ކައުންސިލްގެ ޕާރކް ވޮލީ މުބާރާތުގެ ފައިނަލް މެޗް ފަސްކޮށްފި

މޫސުން ތަންނުދިނުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ ޕާރކް ވޮލީ މުބާރާތް 2022 ގެ ފައިނަލް މެޗް ފަސްކޮށްފިއެވެ.

މި މެޗު ކުޅުމަށް އަލުން ކަނޑައަޅާފައިވަނީ 24 އޭޕްރީލް ވާ އާދިއްތަ ދުވަހުގެރޭ 21:15 ގައެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެހެން މެޗުތަކެކޭ ވެސް އެއްފަދައިން ދޮންގަނޑު ބީޗް ވޮލީ ކޯޓުގައެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ބައްދަލު ކުރާނީ މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސް އަދި ޕޮލިސް ކްލަބެވެ. އަދި ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ބައްދަލު ކުރާނީ ޑީވީވީއޭ ސްކައި އާއި ޑީވީވީއޭ ޝޫޓާސްއެވެ.

ޕާކް ވޮލީ މުބާރާތަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު،ފާހަގަ ކޮށްލެވޭގޮތުގައި މި މުބާރަތަކީ މާލެ ސިޓީ ކައުންސިލުން މިގޮތަށް ކުރިއަށްގެންދާ ފުރަތަމަ ވޮލީ މުބާރާތެވެ. މި މުބާރާތުގައި 12 ކްލަބަކުން ޖުމްލަ 33 ޓީމް ބައިވެރިވެފައިވެއެވެ.