މާލެ ސިޓީގެ މަގުމަތި

މާލެ ސިޓީ ކައުންސިލް އިދާރާ30 އޭޕްރިލް 2022


ޢީދު ދުވަހު ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ޚާއްސަ ހުއްދައެއް ސިޓީ ކައުންސިލުން ދޫކުރަނީ

ފިތުރު ޢީދު ދުވަހު ހިނގާފައި އުޅޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ޚާއްސަ ހުއްދައެއް ދޫކުރުމަށް މާލެ ސިޓީ ކައުންސިލް އިދާރާއިން ނިންމައިފިއެވެ.

ޢީދު ދުވަހު ހިނގާފައި އުޅޭ ވަގުތު ތަކުގައި ދުއްވާ އުޅަނދުތަކަށް ދޫކުރާ ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް ވާ ހޮނިހިރު ދުވަހު އަދި 1 މެއި ވާ އާދިއްތަ ދުވަހު ހެނދުނު 09:00 އިން ހަވީރު 15:00 އަށެވެ. އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ. ސްޓިކާ ދޫކުރާނީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭ ބައިންނެވެ. މި ހުއްދަ ދޫކުރުމަށް ނިންމާފައިވަނީ 4 ފުރޮޅު ލީ އުޅަނދު ތަކަށް އެކަނިއެވެ.

ފިތުރު ޢީދު ދުވަހު 4 ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ ކުރުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 50 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

އެގޮތުން ފައިމަގުގައި އުޅޭ ގަޑިއެއް ގޮތުގައި ކަނޑައަޅާފައިވަނީ ޢީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށެވެ.