މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީކައުންސިލް އިދާރާ02 މެއި 2022


މި ޢީދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމަށް ޢަޒުމް ކަނޑައަޅުއްވާ: މޭޔަރު މުޢިއްޒު

ބަރަކާތްތެރި ފިތުރު ޢީދާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިލްތިމާސް އެއް ކުރައްވައިފިއެވެ.

ޢީދު ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޢީދު ތަޙުނިޔާ މެސެޖާއިއެކު، މޭޔަރު ވަނީ މި ޢީދަކީ މުޖުތަމަޢުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އަޅާލުމާއި، އެކުވެރިން އާލާކުރުމަށް ކޮންމެ ބޭފުޅަކުވެސް ޢަޒުމް ކަނޑާ ޢީދެއް ކަމުގައި ހެއްދެވުމަށް އިލްތިމާސް ކުރައްވާފައެވެ.

މޭޔަރުގެ ޢީދު ތަޙުނިޔާގެ އިތުރުން ބަރަކާތްތެރި ފިތުރު ޢީދާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މާލެ ސިޓީގެ އެންމެހާ ރައްޔިތުންނަށް އެސްއެމްއެސް މެދުވެރިކޮށް ޢީދު ތަހުނިޔާ ފޮނުވާފައެވެ.

ކައުންސިލްގެ ޢީދު މެސެޖާއިއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކުރަމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ މާލެ ސިޓީގެ ރައްޔިތުންނަށް މާލެ ސިޓީ ކައުންސިލުން ޢީދު ތަޙުނިޔާ ކިޔުމަކީ ލިބުނު ބޮޑު އުފަލެއް ކަމުގައި ފާހަގަކޮށް ގިނަ ބަޔަކު ވަނީ މާލެ ސިޓީގެ މޭޔަރަށާއި، މާލެ ސިޓީ ކައުންސިލަށް ޝުކުރު ދަންނަވާފައެވެ.