މާލެ ސިޓީ އ.ތ.މ ކޮމެޓީގެ ވިލިމާލެ ދާއިރާއަށް އަލަށް އިންތިޚާބުވި މެމްބަރު ފާތިމަތު ނާޒިމާ އިޤްރާރުގައި ސޮއި ކުރައްވަނީ

މާލެ ސިޓީ ކައުންސިލް އިދާރާ31 މެއި 2022


މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އައު މެންބަރު އިޤްރާރުގައި ސޮއިކޮށްފި

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވިލިމާލެ ދާއިރާއަށް އަލަށް އިންތިޚާބުވި މެންބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކޮށްފިއެވެ.

އިޤުރާރުގައި ސޮއިކޮށްފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައިއެވެ.

މާލެ ސިޓީ އ.ތ.މ ކޮމެޓީގެ އައު މެންބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މި ދާއިރާއަށް ފާތިމަތް ނާޒިމާ އިންތިޚާބުކޮށްފައި މިވަނީ މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގައި އެދާއިރާ ތަމްސީލުކުރެއްވި އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ.

މާލެ ސިޓީ އ.ތ.މ ކޮމެޓީގެ އައު މެންބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ފާތިމަތް ނާޒިމާ ވިލިމާލެ ދާއިރާގެ އ.ތ.މ ކޮމެޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.