މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލްގެ އިދާރާ01 ޖޫން 2022


ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭންޖެހޭ: މޭޔަރު މުޢިއްޒު

ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭންޖެހޭކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " ރީސައިކަލް" ކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މައްޗަށް ކަންކަން ލާޒިމު ކުރަންވާނީ ޕްލޭން ކުރުމަށްފަހުގައި ކަމަށެވެ.

https://twitter.com/MMuizzu/status/1531874198838444033?s=20&t=AE_MO5gQJJKBIpkZv0U-bA

މޭޔަރު އިތުރަށް ވިދާޅުވީ ރައްޔިތުންނާއި ކަމެއް ކުރުމަށް ހަވާލުކުރާއިރު ރައްޔިތުންނަށް އުފުލޭވަރުގެ ބުރައެއް ހަވާލު ކުރުމަކީ މުހިއްމު ކަމެއް ކަމުގައެވެ.