މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 53 ވަނަ ޖަލްސާގެ ތެރެއިން

މާލެ ސިޓީ ކައުންސިލްގެ އިދާރާ01 ޖޫން 2022


މާލެ ސިޓީ ކައުންސިލްގެ އެންވަރމެންޓް ކޮމެޓީއެއް އުފައްދައިފި

މާލެ ސިޓީ ކައުންސިލްގެ އެންވަރމެންޓް ކޮމެޓީއެއް އުފައްދައިފިއެވެ.

މި ކޮމެޓީ އުފައްދާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 54 ވަނަ ރަސްމީ ޖަލްސާގައެވެ.

މި ކޮމެޓީގެ މުގައްރިރަކަށް ހަމަޖައްސާފައިވަނީ ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާއެވެ. އަދި ނައިބް މުގައްރިރަކަށް ހަމަޖައްސައިފައިވަނީ ގަލޮޅު އުތުރު ދާއިރާގެ ކަންސިލަރު ސައިފް ފާތިހުއެވެ.

މި ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހަމަޖައްސައިފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދް އައިފާން، ޑެޕިއުޓީ މޭޔަރު އަދި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރުއެވެ.

މި ކޮމެޓީ އަކީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހުރި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ކުރިއަށްވުރެ ބާރަށް ގެންދިއުމަށް އުފެއްދި ކޮމެޓީއެކެވެ.