މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރާ08 ޖޫން 2022


ފައިބަރު މަސައްކަތްކުރުމަށް ބިމެއް ހޯދައިދިނުމަށް ކައުންސިލުން ސަރުކާރަށް ދަންނަވަނީ

ފައިބަރު މަސައްކަތްކުރުމަށް ބިމެއް ހޯދައިދިނުމަށް ޕްލޭނިންގް މިނިސްޓްރީއަށް ދަންނަވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 55 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ފައިބަރު މަސައްކަތްކުރުމަށް ބިމެއް ހޯދައިދިނުމަށް ސަރުކާރަށް ދަންނަވަން މާލެ ސިޓީ ކައުންސިލުން ނިންމައިފައިވަނީ ފައިބަރު މަސައްކަތަކީ މީހުން ދިރިއުޅޭ ރަށެއްގައި ކުރުމަށް ރަނގަޅު މަސައްކަތަކަށް ނުވުމާއި މިހާރު އެމަސައްކަތްކުރަމުން އަންނަ ވިލިމާލޭގެ ރައްޔިތުންނާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އެކިއެކި ޖަމްއިއްޔާތަކުން އެކަމާއި ކަންބޮޑުވުން ހިއްސާކުރުމާއި ގުޅިގެންނެވެ.