ހުޅުމާލެ ދާއިރާގެ ކަނބަލުންނަށް ޚާޢްސަ ފަހާކޯސް އިފްތިތާޙު ކުރުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ19 ޖޫން 2022


ހުޅުމާލެ ދާއިރާގެ އ.ތ.މ ކުރާ ކޮމެޓީގެ މެމްބަރު އިސްނެންގެވުމާއިއެކު ދާއިރާގެ ކަނބަލުންނަށް ޚާޢްސަ ފަހާކޯސް އިފްތިތާޙްކޮށްފި

ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު ސަމިއްޔާ އިސްވެ ހުންނަވައިގެން ހުޅުމާލެ ކަނބަލުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމި ފަހާކޯސް އިފްތިތާޙް ކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރުގެ އެއްބާރުލެއްވުމާއިއެކު، ހުޅުމާލެ ދާއިރާގެ އ.ތ.މ ކުރާ ކޮމެޓީގެ މެމްބަރު ސަމިއްޔާ އާއި އެދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އެދާއިރާގެ ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ފަހާ ކޯސް އިފްތިތާހް ކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އެވެ.

މި ކޯހަކީ ކަނބަލުން ބާރުވެރި ކުރުވުމުގެ މަޤްސަދުގެ ތެރެއިން ކުރިއަށް ގެންދާ ކޯހެކެވެ. މަސް ދުވަހަށް ކުރިއަށް ގެންދާ މި ކޯހުގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.

ހުޅުމާލެ ދާއިރާގެ ކަނބަލުންނަށް ޚާޢްސަ ފަހާކޯސް އިފްތިތާޙު ކުރުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން.

އަދި އަމިއްލައަށް ހެދުން ކަނޑައިގެން ފަހަން ދަސްވާވަރަށް، ފެހުމުގެ ބޭސިކް ކަންކަން މި ކޯހުގެ ބައިވެރިންނަށް ކިޔައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފަހާ ކޯސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ އތމ. ކޮމެޓީގެ މެމްބަރު ސަމިއްޔާ ވަނީ މިކަމުގައި މާލެ ސިޓީގެ މޭޔަރާއި ދާއިރާގެ ކައުންސިލަރު އަދި ސިޓީ ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.