މިސްކިތުން ވައްކަން ކުރަން އުޅުނު ދެމީހުން ފުލުހުން ހައްޔަރު ކުރާ މަންޒަރު

މާލެ ސިޓީ ކައުންސިލް އިދާރާ27 ޖުލައި 2022


މާލެ ސިޓީ ކައުންސިލްގެ ކެމެރާ ބޭނުންކޮށްގެން މިސްކިތުން ވައްކަން ކުރަން އުޅުނު ދެމީހަކު އަތުލައިގަނެފި

މާލެ ސިޓީ ކައުންސިލްގެ ކެމެރާތަށް ބޭނުން ކޮށްގެން މިސްކިތުން ވައްކަންކުރަންއުޅުނު 2 މީހަކު ހައްޔަރު ކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލާލުއްދީން މިސްކިތުން ވައްކަން ކުރަންތިބި ދެމީހަކު ފުލުހުން ހައްޔަރުކޮށްފި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މިސްކިތްތައް ރައްކާތެރި އަމާން މާހައުލަކަށް ހެދުމުގެ ގޮތުން ގާއިމްކުރެވުނު ސީސީޓީވީ ކެމެރާތަކުގެ އެހީގައި މިސްކިތުން ވައްކަން ކުރަން ތިބި ދެ މީހަކުވަނީ ހުއްޓުވާ ފުލުހުންނާ ހަވާލުކޮށް ހައްޔަރު ކޮށްފައެވެ.

މިކަމާއި ގުޅިގެން މޭޔަރު ޑރ މުޢިއްޒު ވިދާޅުވީ މިސްކިއްތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގައެވެ.

މާލެ ސިޓީގެ މޭޔަރު ކަމާއި ޑރ މުޢިއްޒު ހަވާލުވެވަޑައިގަތްފަހުން މާލޭގެ ހުރިހާ މިސްކިތެއްގައި ސެކިއުރިޓީ ކެމެރާ ހަރުކޮށް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.