ގޯތި އަދި ފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލުން ފޯމު ފުރައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެނީ

މާލެ ސިޓީ ކައުންސިލް އިދާރާ01 އޯގަސްޓް 2022


ގޯތި އަދި ފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލުން ފޯމު ފުރައިދޭން ފަށައިފި

ގޯތި އަދި ފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލުން ފޯމު ފުރައިދޭން މިއަދު ފަށައިފިއެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމުގައި އެހީތެރިވުމަށް މާލެ ސިޓީ ކައުންސިލުން ފަށާފައިމިވަނީ ފޯމު ފުރުމުގައި ދަތި ތަކާއި ކުރިމަތިވާ ފަރާތްތަކަށް ވީހާވެސް ބޮޑަކަށް އެހީތެރިވުމުގެ ގޮތުންނެވެ.

ފޯމު ލުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން މޭޒުތައް ބަހައްޓާފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭބައިގައެވެ.

މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 26އަށް މި ދެތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ފެށިގެން މެންދުރު 14:00 އާ ދެމެދު އަދި ރޭގަނޑު 20:00 އިން 22:00 އާ ހަމަޔަށް ފޯމު ފުރުމާއި ހުށައެޅުމަށް އެހީތެރިކަން ފޯރުކޮށް ދެމުންގެންދާނެއެވެ.