ގދ އަތޮަަޅު އެތްލެޓިކްސް ޗެމްޕިއަންސްޝިޕްގެ ތެރެއިން

މާލެ ސިޓީ ކައުންސިލް އިދާރާ11 ސެޕްޓެމްބަރ 2022


ގދ އަތޮަަޅު އެތްލެޓިކްސް ޗެމްޕިއަންސްޝިޕް 2022 މާލެ ސިޓީގެ މޭޔަރު ފައްޓަވާ ދެއްވައިފި

ގދ އަތޮަަޅު އެތްލެޓިކްސް ޗެމްޕިއަންސްޝިޕް 2022 މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ފައްޓަވާ ދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި މޭޔަރު ޑރ މުޢިއްޒުގެ އިތުރުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ، ހުޅުމާލެ ދާއިރާގެ ކައުންސިލާރ އިބްރާހިމް ޝުޖާއު، މެދު ހެންވޭރު ދާއިރާގެ ކައުންސިލާރ އާދަމް ރަމީޒް އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލާރ އިބްރާހިމް އަބޫބަކުރު ވަނީ ބައިވެރިވެ ވަޑައިގަނެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މާލެ ސިޓީ މެޔާރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިކަހަކަ ކުޅިވަރު ހަރަކާތްތައް ކުރިއަށް އޮތްތާނގައި މާލެ ސިޓީގައިވެސް ބޭއްވުމަށް މިމުބާރާތުން މިސާލު ނަންގަވާނެކަމަށެވެ.