މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރާ02 ނޮވެމްބަރ 2022


އެޑިޔުކޭޝަން މިނިސްޓްރީއިން ކައުންސިލާއި ހަވާލުކޮށްފައި އޮތީ 3 ސްކޫލެއް ހިންގަން: މޭޔަރު މުޢިއްޒު

ޤާނޫނެއްގެ ދަށުން ލާޒިމްވެގެން އެޑިޔުކޭޝަން މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފަ އޮތީ އަވަށު ސްކޫލްތައް ހިންގަން ކަމަށާއި އެގޮތުން ހިންގަން ހަވާލުކޮށްފައިވަނީ 3 ސްކޫލެއް ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ 3 ސްކޫލަކީ މާފަންނު މަދަރުސާ، ގަލޮޅު މަދަރުސާ އަދި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ.

މާލޭގެ އަވަށު ސްކޫލްތަކުގެ ތެރެއިން ހެންވޭރު ސްކޫލް ކައުންސިލްގެ ބެލުމުގެ ދަށުގައި ނުހިމެނޭ ސަބަބުވެސް މޭޔަރު ވަނީ ސާފުކޮށްދެއްވާފައެވެ. މޭޔަރު ވިދާޅުވީ އަވަށު ސްކޫލްތަކުގެ ތެރެއިން ހެންވޭރު ސްކޫލް ވަނީ މި ދައުރުފެށުމާއިއެކު ރައީސް އޮފީހުގެ އެދުމުގެ މަތިން 30 އަހަރަށް އެޑިޔުކޭޝަން މިނިސްޓްރީ އާއި ހަވާލުކޮށްފައިކަމަށެވެ.

ބައެއް ބޭފުޅުން ސުވާލުކޮށްފާނެ އަވަށު ސްކޫލްތަކުގެ ތެރޭގައި ހެންވޭރު ސްކޫލް ކީއްވެތޯ ނުހިމެނެނީ . އެތަން ވަނީ މިދައުރު ފެށުނުއިރު ރައީސް އޮފީހުން އެދިގެން އެޑިޔުކޭޝަން މިނިސްޓްރީއަށް 30 އަހަރު ދުވަހަށް ހަވާލުކޮށްފަ. މިހާރު އެ ސްކޫލްވަނީ ޕްރައިވެޓް ފަރާތަކަށް ކުއްޔަށްދީފަ. އަޅުގަނޑުމެންގެ ސީދާ ބެލުމުގެ ދަށުން އެތަން ނުހިނގަނީ އެހެންވެގެން.

މިއަދުގެ ޖަލްސާގައި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ސްކޫލްތަކުގެ ތަފްސީލް މޭޔަރު މުޢިއްޒު ހާމަކޮށްދެއްވާފައިވަނީ އެ ސްކޫލްތަކުގެ ތެރޭގައި ހެންވޭރު ސްކޫލް ނުހިމެނޭ ސަބަބާއިމެދު ބައެއް ބެލެނިވެރިން ސޯޝަލްމީޑިއާގައި ސުވާލު އުފައްދަމުން ގެންދަވާތީ އެކަމުގެ ތަފްސީލް ހާމަކުރެއްވުމުގެ ގޮތުންނެވެ.