މާލެ ސިޓީކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއެއްގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ08 ނޮވެމްބަރ 2022


ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމަށް އަލުން ފުރުޞަތު ހުޅުވާލައިފި

މާލެ ސިޓީކައުންސިލްގެ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް ހުޅުވާލާ، އިޢުލާން ނަންބަރު (IUL)425-CB/1/2022/237

އިން ޝަކުވާ ހުށަހެޅުއްވުމުގެ ފުރުޞަތު އިތުރުކޮށް ލިބިފައިވާ ޝަކުވާތަކަށް ރިޢާޔަތްކޮށް އަލުން ގޮޅިއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ވިލިމާލެ ފެރީ ޓާމިނަލްގެ ހުޅަނގު ދެކުނުން ވިލިމާލެ ލޯކަލް މާރުކޭޓް ގޮތުގައި ތަރައްގީކުރާ ތަނުން ކުއްޔަށް ދޫކުރުމަށް ހަމަޖައްސާފައިވަނީ 20 ގޮޅި އެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާ މިގޮޅިތަކުގެ މަހު ކުއްޔަކީ 1،050 ރުފިޔާ އެވެ.

މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރަނީ އުމުރުން 18 އަހަރުން މަތީގެ މާލެސިޓީގައި ދިރިއުޅޭ، ނުވަތަ އުމުރުން 18 އަހަރުފުރި ވިލިމާލޭގައި ދިރިއުޅުމަށް މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ ދިވެހި ދިވެހި ރައްޔިތުންނަށެވެ.

ވިލިމާލެއިން ދޫކުރާ ގޮޅިތަކަށް ކުރިމަތިލުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި ސަރުކާރު ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުމާއި މާލެ ސިޓީގައި ހިންގާ މާރުކޭޓްތަކުގެ ތެރެއިން އެއްވެސް މާރުކޭޓެއްގެ ގޮޅިއެއްގެ ހިންގާ މީހެއްކަމުގައި ނުވުން ހިމެނެ އެވެ.

މިގޮޅި ކުއްޔަށް ނަގާ ފަރާތްތަކުން އެތަން ފަރުމާ ކުރަން ޖެހެނީ މާލެ ސިޓީ ކައުންސިލުން ނިންމާ ގޮތަކަށެވެ. އަދި ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް ހުޅުވާލާފައިވާ އިޢުލާން https://www.gazette.gov.mv/iulaan/214984 ގެޒެޓުގައި މިހާރު ވަނީ ޝާއިއުކުރެވިފައެވެ.