މާލެ ސިޓީ ކައުންސިލްގެ ސްޓާފް ނައިޓް 2022 ގެތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ26 ނޮވެމްބަރ 2022


މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ "ސްޓާފް ނައިޓް": 5 މުވައްޒަފަކަށް ޢުމްރާ ދަތުރު

މާލެ ސިޓިކައުންސިލްގެ ދިގު ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި ޙަފްލާގައި ކުރިއަށް ގެންދިޔަ ގުރުއަތުން ޢުމްރާދަތުރުގެ ނަޞީބުވެރި ފަރާތްތަކަށް ކައުންސިލްގެ 5 މުވައްޒަފަކު ހޮވިއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ސްޓާފް ނައިޓް 2022 ގެތެރެއިން.

އަގުހުރި އިނާމްތަކަކާއިއެކު މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ”ސްޓާފް ނައިޓް“ ބާއްވާފައިވަނީ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ހެންވޭރު ދަނޑުގައެވެ. ސްޓާފް ނައިޓްގައި މުވައްޒަފުންގެ އަގުވަޒަން ކުރުމަށްއަގުހުރި އިނާމްތަކެއް ވަނީ ދީފައެވެ.

މާލެ ސިޓީ ކައުންސިލްގެ ސްޓާފް ނައިޓް 2022 ގެތެރެއިން.

ޢުމްރާ ދަތުރު 5 މުވައްޒަފަކަށް ލިބިފައިވާއިރު މި ދަތުރު ތަކަކީ ، ހެޔޮއެދޭ ފަރާތްތަކުން ސްޕޮންސަރކޮށްދީފައިވާ ދަތުރުތަކެކެވެ.

މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާ، ޙައްޖު އަދި ޢުމްރާގެ އަޅުކަންމިހާތަނަށް އަދާކުރެވިފައިނުވާ ފަރާތްތަކުގެ މެދުގައެވެ.

މި ޙަފްލާގައި ޢުމްރާ ދަތުރުގެ ނަޞީބުވެރި ފަރާތްތަކަށް ހޮވިފައިވަނީ އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ތަހުމީނާ، ސީނިއަރ ކައުންސިލްއޮފިސަރ ސުލްތާނާ ހަމީދު، ކައުންސިލް އޮފިސަރ މަރްޔަމް ޒާހިދާ، އަދި އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ރަޒާނާ، ގެ އިތުރުންކައުންސިލް އެސިސްޓަންޓް ރަމްލާ އިބްރާހިމް އެވެ.

މާލެ ސިޓީ ކައުންސިލްގެ ސްޓާފް ނައިޓް 2022 ގެތެރެއިން.

ކައުންސިލްގެ ސްޓާފް ނައިޓަށް މި ޢުމްރާ ދަތުރުތައް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ، ޒަމްޒަމް ޙައްޖު އެންޑް ޢުމްރާ، ލިޓަސްމޯލްޑިވްސް އަދި އޮންދިގޯ ގެ ފަރާތުންނެވެ.