އިންތިޚާބަކާއި ގުޅިގެން މާލެ ސިޓީގައި ބެނާ ދަމާފައި

މާލެ ސިޓީ ކައުންްސިލް އިދާރާ22 ޑިސެމްބަރ 2022


އިންތިހާބުތަކާއި ގުޅިގެން މާލެ ސިޓީގައި އިސްތިހާރު ހިއްޕުމާއި ބެނާ ހަރުކުރުމަށް ކައުންސިލުން ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލުން ރާއްޖޭގައި ބާއްވާ ރިއާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓެއް އައްޔަން ކުރެއްވުމަށް ޕާޓީ ތަކުގައި ބާއްވާ އިންތިޚާބުތަކާއި އަދި ރިއާސީ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތްތަކަށް ކެމްޕެއިން ކުރެއްވުމަށް ތައްޔާރުކުރައްވާ ޕޯސްޓަރ ތަކާއި ބެނާތައް މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެހެއްޓުމައި ހިއްޕުމަށް އެދޭ ފަރާތްތަކުން ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ ހުއްދަނުނަގާ އެއްވެސް ކަހަލަ ކެމްޕޭނާ ގުޅޭ އިސްތިހާރެއް، މާލެ ސިޓީގެ މަގުތަކުގައި ނުވަތަ އެއްވެސް އާންމު ތަނެއްގައި ހިއްޕުމަކީ ނުވަތަ އެކަމާ ގުޅޭ ބެނާ ދެމުމަކީ މަނާކަމެކެވެ.އަދި ހުއްދަނެތި އިސްތިހާރު ހިއްޕާ ނުވަތަ ބެނާ ދަމާ ފަރާތްތައް ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ހުއްދަނެތި ހިއްޕާ ކެމްޕޭނާ ގުޅުންހުރި އިސްތިހާރު ނުވަތަ ދަމާ ބެނާތައް ކައުންސިލްގެ ބެލުމުގެ ދަށުން ވަގުތުން ނަގާ ނައްތާލެވޭނެކަމަށް އަދި، މިހެން ނައްތާލެވޭ އެއްވެސް އެއްޗަކަށް ކައުންސިލުން ޒިންމާނުވާނޭކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.