މާލެ ސިޓީ ކައުންސިލުން މަގުމަތީގައި ބަހައްޓާފައި ހުރި ކުނި އުކާލުމުގެ މަސައްކަތުގެ ތެރެއިން

މާލެ ސިޓީ ކައުންސިލް އިދާރާ27 ޑިސެމްބަރ 2022


މިއަދުން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓާނީ ސިޓީ ކައުންސިލުން

27 ޑިސެންބަރު 2022 ވަނަ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓާނީ މާލެ ސިޓީ ކައުންސިލުންނެވެ.

މާލެ ސިޓީ ކައުންސިލުން މާލެ ސިޓީ އާއި ވިލިމާލޭގެ ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓަން ނިންމާފައި ވަނީ ކުރިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ( ވެމްކޯ ) އާއެކު މާލެ ސިޓީ އާއި ވިލިމާލޭގެ ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓަން ހަދާފައިވާ އެގްރީމެންޓް ހަމަވުމާއި ގުޅިގެންނެވެ.

https://www.gazette.gov.mv/iulaan/221714

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ވަނީ ކުނިމެނޭޖު ކުރުމުގެ ޤަވާޢިދާއެއްގޮތަށް އެންމެ ބޭފުޅުން ޢަމަލުކުރުމަށާއި ކުނި މަގުމައްޗަށް ނެރުމުގެ ބަދަލުގައި ޚިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް ކުނި އުކާލެވެންދެން ރައްކާތެރިކަމާއެކު ބެހެއްޓުމާއި ،ކުނި މެނޭޖު ކުރުމުގެ ޤަވާއިދަށް ހުރުމަތް ތެރިކޮށް ހިތުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އިއުލާނުގައި ވަނީ އެންމެހައި ބޭފުޅުންގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކި ކުނި މެނޭޖު ކުރުމުގެ ޤަވާޢިދާ އެއްގޮތަށް ކުނި ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އަދި ކުނިމެނޭޖް ކުރުމުގެ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާއި މެދު މި ޤަވާޢިދާ އެއްގޮތަށް އަމަލު ކުރެވޭނެ ކަމަށެވެ.