ވިލިމާލޭގައި ގާއިމް ކުރި އިސްލާމިކް ބޭންކްގެ އޭޓީއެމް، މާލެ ސިޓީގެ މޭޔަރ ޑރ މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވަނީ

މާލެ ސިޓީ ކައުންސިލްގެ އިދާރާ05 މާޗް 2023


މާލެސިޓީ ކައުންސިލާއި އިސްލާމިކް ބޭންކް ގުޅިގެން ވިލިމާލޭގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ގާއިމްކޮށްފި

މާލެސިޓީ ކައުންސިލާއި އިސްލާމިކް ބޭންކް ގުޅިގެން ވިލިމާލޭގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ގާއިމްކޮށްފިއެވެ.

ވިލިމާލޭގައި ގާއިމް ކުރި އިސްލާމިކް ބޭންކްގެ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ މާލެސިޓީގެ މޭޔަރ ޑރ . މުޙައްމަދު މުޢިއްޒު އަދި އިސްލާމިކް ބޭންކްގެ ޗެއާމަން މަޖިދް ރަޙްމާން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލާ ގުޅިގެން އިސްލާމިކްބޭންކްގެ އޭޓީއެމެއް ވިލިމާލޭގައި ހުޅުވިގެންދިއުމަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މަާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންނަށް މިފަދަ އެކިކަންކަން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މޭޔަ މުޢިއްޒު ވަނީ ދެއްވާފައެވެ.

ވިލިމާލޭގައި ގާއިމްކުރި މޯލްޑިވްސް އިސްލާމިކް ބޭންކް ގެ އޭޓީއެމްގެ ބިންގާ އަޅުއްވައިދެއްވީ 2022 ވަނައަހަރުގެ ފެބްރުއަރީ 21 ގައި މާލޭ ސިޓީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒާއި އިސްލާމިކް ބޭންކްގެ ފަރާތުން އަރީފުއްރަޙްމާނެވެ.

މާލެ ސިޓީ ކައުންސިލުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ވިލިމާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.