މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން

މާލެ ސިޓީ ކައުންސިލް އިދާރާ08 މާޗް 2023


މިސްކިތްތައް މަރާމާތުކުރުމުގެ މުހިންމު މަސައްކަތްތައް ރޯދަމަހަށް ނިމޭނެ: މޭޔަރ މުޢިއްޒު

މޭޔަރ މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޯދަމަހަށް މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތަކުގައި އެއްފަހަރާ ގިނަ މިސްކިތްތަކެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ގިނަ މިސްކިތްތަކުގެ އެންމެ މުހިންމު މަސައްކަތް ކުރިއަށް އޮތް ދެހަފުތާ ތެރޭ ނިމޭނެ.

މޭޔަރ ވިދާޅުވިއެެވެ.

މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިސްކިތްތަކުގެ މަރާމާތާއި ގުޅޭގޮތުން މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރާ އިރު މިހާރު މިސްކިތްތައް ދަނީ މަރާމާތުކުރެވެމުން ކަމަށާއި، މިހާތަނަށް މިސްކިތު ފަންޑަށް ރައްޔިތުން ހަދިޔާކުރެއްވި 1 މިލިޔަން ރުފިޔާގެ އިތުރަށް ސިޓީ ކައުންސިލުން ދަނީ ކައުންސިލްގެ އާމްދަނީއިން 8 މިލިޔަން ރުފިޔާގެ މަސައްކަތް ކުރަމުންކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ރޯދައަށް މަސައްކަތްތައް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ދެއްވާފައެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަމުން ގެންދަނީ “ޗާލު މިސްކިތް” ފަންޑުން ލިބުނު ފައިސާއިންނެވެ.