މާލެ ސިޓީ ކައުންސިލުން ބޭއްވި އުޟްހިޔާ ކަތިލުމުގެ ޙަފްލާގައި މޭޔަރ ޑރ މުޙައްމަދު މުޢިއްޒު

މާލެސިޓީ ކައުންސިލް އިދާރާ28 ޖޫން 2023


މުޖްތަމަޢުގައި އޮންނަންޖެހޭ އެކުވެރި އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށް މޭޔަރ މުޢިއްޒު އިލްތިމާސް ކުރަށްވައިފި

މި ޢީދުގައި މުޖްތަމަޢުގައި އޮންނަންޖެހޭ އެކުވެރި އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރަށްވައިފިއެވެ.

މޭޔަރ މިފަދައިން އިލްތިމާސް ކުރެއްވީ އަޟްޙާ ޢީދުގެ ތަހުނިޔާ އާއިއެކު ކުރެއްވި ޓްވީޓެއްގައެވެ.

މޭޔަރ ގެ ޓްވީޓްގައި ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮ ދުޢާ، ތަހްނިޔާ އެންމެހާ އަޚުންނާއި އުޚްތުންނަށް އަރިސްކުރައްވަމުން ވިދާޅުވީ މި ޢީދުގައި މުޖްތަމަޢުގެ ތެރޭގައި އޮންނަންޖެހޭ އެކުވެރި އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމަޢަކަށް މި މުޖުތަމަޢު ހެދުމަށް ޢަޒުމް ކަނޑައެޅުމަށް އިލްތިމާސް ކުރައްވާފައެވެ.

އަޟްޙާ ޢީދަށް މާލެ ސިޓީކައުންސިލުން ގިނަ ޙަރަކާތްތަކެއް ހިންގާފައިވާއިރު އެ ހުރިހާ ޙަރަކާތެއްގައި މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެން ރައްޔިތުންނާއި އެކު ޢީދުގެ އުފަލުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މާލެިސޓީ ކައުންސިލުން އަޟްޙާ ޢީދަށް ޚައްސަކޮށް ހިންގި ޙަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.