އާބާތުރަ ކުރުމަށްފަހު މޭޔަރ މުޢިއްޒުއިސްކަންދަރު މައިޒާން އަލުން ހުޅުވައިދެއްވަނީ

މާލެސިޓީ ކައުންސިލް އިދާރާ20 ސެޕްޓެމްބަރ 2023


އިސްކަންދަރު މައިޒާން އާބާތުރަ ކުރުމަށްފަހު އަލުން ހުޅުވާލައިފި

ނިމިދިޔަ ސަރުކާރުން ތަރައްޤީކުރި އިސްކަންދަރު މައިޒާން ފާއިތުވި 5 އަހަރު އަޅާނުލުމުގެ ސަބަބުން ވީރާނާވެފައި ވަނިކޮށް މާލެ ސިޓީކައުންސިލުން އިސްކަންދަރު ޕާކު އާބާތުރަ ފިލުވުމަށްފަހު އަލުން ހުޅުވާލައިފިއެވެ.

އާބަތުރަ ކުރުމަށްފަހު އިސްކަންދަރު މައިޒާން އަލުން ހުޅުވާދެއްވީ އަންގާރަދުވަހުގެ ހަވީރު މާލެ ސިޓީގެ މޭޔަރ ޑރ މުޢިއްޒުއެވެ.

އިސްކަންދަރު މައިޒާން އާބާތުރަ ފިލުވުމަށްފަހު ހުޅުވައި ދެއްވުމަށްފަހު މޭޔަރ މުޢިއްޒު ވިދާޅުވީ މީގެ އަހަރުތަކެއްކުރިން އިސްކަންދަރު މައިޒާން ހުޅުވައި ދެއްވީ ކުރީގެ ރައީސް ޔާމީން ކަމަށާއި، އެދުވަހު ހުޅުވިގެން ދިޔަ އިސްކަންދަރު މައިޒާން ވަރަށްގިނަ ރައްޔިތުން ބޭނުން ކުރަމުންދިޔަ ކަމަށެވެ. އެހެން އެހެންނަމަވެސް ވެރިކަން ބަދަލުވެ އޭރުގަ ހެދިގެންދިޔަ ހުރިހާ ތަނެއްހެން ބެލެހެއްޓުން ނިމުމަކަށް އައިސް، ތަންތަން ވީރާނާވަމުން ދާންފެށިކަމާއި، ދެން 4 ވަނަ ދައުރުގެ ކައުންސިލް ހުވާ ކުރުމަށްފަހު މިގޮތަށް އޭރުގަ ހެދުނު މައިޒާންތައް ޕާކުތައް އަނެއްކާވެސް އާބާތުރަ ފިލުވާ ކުޑަކުދިންނާ އާއިލާތަކަށް ބޭނުންތެރި ތަންތަނަށް އެތަންތަން ބަދަލު ކުރުމަށްޓަކާ ވަރަށްގިނަ މަސައްކަތްތަކެއް ފެށުނު ކަމަށެވެ.

އިސްކަންދަރު މައިޒާން އާކޮށް ހުޅުވިގެން މިދިޔައީ އެގޮތުގެމަތިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކަމަށް މޭޔަރ ވިދާޅުވިއެވެ.

މީގެ އަހަރުތަކެއްކުރިން އިސްކަންދަރު މައިޒާން ހުޅުވައި ދެއްވީ ރައީސް ޔާމީން. އެދުވަހު ހުޅުވިގެން ދިޔަ މައިޒާން/ޕާކު ވަރަށްގިނަ ރައްޔިތުން ބޭނުން ކުރަމުންދިޔަ. އެހެންނަމަވެސް ވެރިކަން ބަދަލުވެ އޭރުގަ ހެދިގެންދިޔަ ހުރިހާ ތަނެއްހެން ބެލެހެއްޓުން ނިމުމަކަށް އައިސް، ތަންތަން ވީރާނާވަމުން ދާންފެށި. ދެން 4 ވަނަ ދައުރުގެ ކައުންސިލް ހުވާ ކުރުމަށްފަހު ވަރަށްގިނަ މަސައްކަތްތަކެއް ފެށުނު މިގޮތަށް އޭރުގަ ހެދުނު މައިޒާންތައް ޕާކުތައް އަނެއްކާވެސް އާބާތުރަ ފިލުވާ ކުޑަކުދިންނާ އާއިލާތަކަށް ބޭނުންތެރި ތަންތަނަށް އެތަންތަން ބަދަލު ކުރުމަށްޓަކާ. އެގޮތުން ކުރެވުނު މަސައްކަތްތްކުގެ ތެރެއިން އިސްކަންދަރު މައިޒާން އާކޮށް ހުޅުވިގެން މިދިޔައީ.

މޭޔަރ އިތުރަށް ވިދާޅުވީ އިސްކަންދަރު މައިޒާން ވެގެންދާނީ ކުޑަކުދިންނާ އާއިލާތަކަށް މާލޭގައި މި ތޮއްޖެހިފައިވާ މާހައުލުގަ ނުކުމެ ހިތްހަމަ ޖައްސާލަން ލިބޭ އިތުރު ފުރުޞަތަކަށްކަމަށާއި،ޕާކު ތަރުތީބު ކުރެވިފައިވަނީ އާއިލާތަކަށް ކުޑަކުދިން ގޮވައިގެން ހިތްހަމަ ޖައްސާލަން ތިބެވޭނެފަދަ ގޮތަކަށް ކަމަށެވެ. އަދި މާލެސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ މިގޮތަށް ކުރިން ހަދާ ހުޅުވާފަ މިހާރު ވީރާނާވެފަ ހުރި ތަންތަން އަލުން ބޭނުންހިފޭ ތަންތަނަށް ހެދުމަށް ކަމުގައި މޭޔަރ ވިދާޅުވިއެވެ.

މި ޕާކު ވެގެންދާނީ ކުޑަކުދިންނާ އާއިލާތަކަށް މާލޭގައި މި ތޮއްޖެހިފައިވާ މާހައުލުގަ ނުކުމެ ހިތްހަމަ ޖައްސާލަން ލިބޭ އިތުރު ފުރުޞަތަކަށް . ޕާކު ތަރުތީބު ކުރެވިފައިވަނީ އާއިލާތަކަށް ކުޑަކުދިން ގޮވައިގެން ހިތްހަމަ ޖައްސާލަން ތިބެވޭނެފަދަ ގޮތަކަށް ކަމަށާއި، ކައުންސިލުން މަސައްކަތް ކުރަމުންދަނީ މިގޮތަށް ކުރިން ހަދާ ހުޅުވާފަ މިހާރު ވީރާނާވެފަ ހުރި ތަންތަން އަލުން ބޭނުންހިފޭ ތަންތަނަށް ހެދުމަށް.އުންމީދުކުރަނީ އާބާތުރަ ފިލުވުމަށްފަހު ހުޅުވާލެވުނު އިސްކަންދަރު މައިޒާނަކީ އަނެއްކާވެސް އާއިލާތަކާއި، ކުޑަކުދިންނަށް ހިތްފަސޭހަ މައިޒާނަކަށް ވެގެންދާނެކަމަށް.

އިސްކަންދަރު މައިޒާން އާބަތުރަ ފިލުވާ އަލުން ހުޅުވުމުގައި ނޮވެލް ކެފޭގެ މެނޭޖްމެންޓްގެ ފަރާތުން ވަނީ އެހީތެރިވެފައެވެ. މިކަމުގަ އެހީތެރިވި ހުރިހާ ފަރާތްތަކަށް މޭޔަރ މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.