ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލުން، މާލެ ސިޓީ ކައުންސިލާ ބައްދަލިކޮށްފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ، ބުދަ ދުވަހު މާލެ ސިޓީ ކައުންސިލް އިދާރާގައެވެ. މި ބައްދަލުވުމުގައި މޭޔަރ އާދަމް ޢާޒިމް އާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ ޢައިމަން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރުމުގައި، ދެ ފަރާތުން ވެސް މަޝްވަރާކުރައްވާފައި ވަނީ، ދެ ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންނެވެ.
މި ބައްދަލުވުމަށް ފަހު މޭޔަރ ޢާޒިމް ވިދާޅުވީ، ރާއްޖޭގެ ސިޓީ ތަކާއި، އަތޮޅު ކައުންސިލްތަކުގެ މެމްބަރުންނާއި އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންނާ ބައްދަލުކުކުރުމަށް ލިބޭ ކޮންމެ ފުރުޞަތަކީ، ނުހަނު އުފަލާއެކު ބަލައިގަންނަ ފުރުޞަތެއް ކަމަށެވެ. އަދި އުތީމު ކައުންސިލަށް، މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކޮށްދެވެން އޮތް ކަމެއް ނަމަ، އެ ކަންކޮށްދެއްވާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.