ބައިނަލްއަޤްވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަހާއި ގުޅިގެން، 2025 ވަނަ އަހަރުގެ، މޯލްޑިވްސް އެންވަޔަރަމެންޓަލް އެވެއަރނެސް ޕްރޮގްރާމް (އެމް.އީ.އޭޕީ) ކުރިއަށް ގެންދިޔުމަށް، މާލެ ސިޓީ ކައުންސިލާއި، ކްލީން މޯލްޑިވްސުން، އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމް.އޯ.ޔޫގައި، މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ އެކްޓިން ސެކެރަޓަރީ ޖެނެރަލް، އަބްދުލް މުހައިމިން ނަސީރެވެ. ކްލީން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، ކޯ ފައުންޑާރ އަދި ރައީސް، ހަފްސަތު ޢަލީމެވެ.
މި އެމް.އޯ.ޔޫގެ ދަށުން، ތަޢުލީމީ ޕްރޮގްރާމްތަކާއި، އަދި މުޖުތްމަޢު ބައިވެރިކުރުވާ ހަރަކާތްތަކުގެ ޒަރީޢާއިން، މާލެ ސިޓީގައި، ތިމާވެއްޓަށް ޒިންމާދާރުވުމާއި ސާފުތާހިރުކަން ދެމެހެއްޓުމުގެ ޕްރޮގްރާމްތައް ހިންގަން ވަނީ ހަމަޖެހިފައެވެ.
ބައިނަލްއަޤްވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަސް ފާހަގަ ކުރަނީ، ކޮންމެ އަހަރެއްގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.