މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 17 ޖޫން 2025


ކައުންސިލްގެ އައު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝީޓް އެޅުމުގެ މަސައްކަތް ނިމިއްޖެ

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފަންގިފިލާގެ ޝީޓް އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.

ކައުންސިލްގެ އައު ޢިމާރާތުގެ އެންމެ ފަހުގެ މައްސައްކަތްތަކާ ގުޅޭ ގޮތުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މަސައްކަތް، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އެކި ޢިމާރާތްތަކުގައި ކުރަން ޖެހުމަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތްކުރައްވާ، މުވައްޒަފުންނަށް ވެސް ދަތި އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ހުރިހައި ސެކްޝަނެއް އެއް ޢިމާރާތަކަށް ބަދަލުވުމުން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑުތަނުން ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އޭރުން ކައުންސިލްގެ މުވައްޒަފުންނަށް ވެސް ރަނގަޅު މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ކައުންސިލްގެ އައު ޢިމާރާތުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ގާތް ގަނޑަކަށް ނިމިފައެވެ.

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިގެ ޢިމާރާތް ހުންނަ ތައިސޭ ކޮށީގެ އިރު ދެކުނު ފަރާތުގައެވެ. 20 ހާސް އަކަފޫޓުގެ ބިއްމެއްގައި ޢިމާރާތް ކުރާ، މި އައު އޮފީސް ޢިމާރާތް ކުރަނީ2 ފްލޯއަށެވެ.

މި ވަގުތު މާލެ ސިޓީ ކައުންސިލުން ޚިދުމަތް ދެމުން އަންނަނީ، މާލޭގެ އެކި ސަރަހައްދު ތަކުގައި ހުރި 9 ޢިމާރާތެއްގައެވެ.