ކުރިއަށްއޮތް ރަމަޟާން މަހާއި ދިމާކޮށް މާލޭ ސިޓީ ކައުންސިލުން ޤުރުއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ " މާލޭ ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 1443 " މި ނަމުގައެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ސީނިއަރ ގުރޫޕް އާއި ޖޫނިއަރ ގުރޫޕެވެ.
މިމުބަރާތް ކުރިއަށް ދާނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައިންނެވެ.
ޖޫނިއަރ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 6 އަހަރުންދަށް، 9 އަހަރުންދަށް އަދި 13 އަހަރުންދަށެވެ.
އަދި ސީނިއަރ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 13 އަހަރުން މަތި، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖެނުއަރީ 2022 އަށް ދަރިވަރަށް ފުރިފައިވާ އަހަރަށެވެ.
މި މުބާރާތުގެ ކޮންމެ ގުރޫޕަކުންވެސް 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން 1، 2، އަދި 3 ވަނަ ހޮވޭނެއެވެ. މިމުބާރާތުގެ ވަނަވަނަ އަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމްތަކަކީ :
ކޮންމެ ގްރޫޕަކުން 1 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މުޅިމުބާރާތުން 1 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މި މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ 20 މާރޗް 2022 އެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މި މުބާރާތާއި ބެހޭ އުސޫލުތަށް މާލޭ ސިޓީ ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
މި މުބާރާތުގައި ފޯރމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 2:00 އަށެވެ.
