މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 14 ޖޫން 2026


އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ރުއްތައް ސާފުކޮށްފި

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ރުއްތައް ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.

މިއީ އެ ސަރަހައްދު ރީތިކޮށް ބޭއްވުމަށާއި، އާންމުންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ ޢާންމު ހުސްތަންތަނަކީ ސާފުތާހިރު އަދި ބަލައިލަން ރީތި ތަންތަނަށް ހެދުމަށް، ކައުންސިލުން ޚާއްޞަ އިސްކަމެއްދޭ ކަމަށެވެ. މި ގޮތުން އާޓިފިޝަލް ބީޗަކީ، ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ އުޅޭ ތަނަކަށް ވުމުން، އެ ތަނުގެ ރުއްތައް ކޮށައި ސާފުކުރުމަކީ، މުހިންމު ކަމެއްކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މި ހަރަކާތުގައި ރުއްތަކުގައި ހުރި ހިކި ފަންތަކާއި، ބޭނުންނުވާ ބައިތައް ކޮށައި މުޅި ސަރަހައްދު ވަނީ ސާފުކޮށްފައެވެ. މި ފަދަ މަސައްކަތްތައް މާލެ އާއި ވިލިމާލޭގައި ވެސް ދޭތެރެ ދޭތެރެއިން އަންނަނަނީ ކުރަމުންނެވެ.