ޗާލު މާލެސިޓީ

މާލެ ސިޓީއަށް ހިތްގައިމުކަން ގެނެސްދިމަށް، މަގުތަކުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތަށް ގެނެސް، މަގުމަތި ބޭނުންކުރުމުގެ ހަމަތަށް އެކަށައަޅައި، މުޅި ރަށް ފެހިކޮށް، ކުނީގެ އުނދަގުލުން ރައްޔިތުން ސަލާމަތްކޮށް، ނަމޫނާ ފަރުމާތަކަށް އިޖްތިމާޢީ އިޣްތިޞާދީ ބޭނުމަށް ހުރި ތަންތަން ފަރުމާކޮށް އެތަންތަން ބިނާކުރުންމަތީ މާލޭ ސިޓީ ކައުންސިލް ދެމި އޮންނާނެ.

މިސްކިތްތަކުގައި ނަމާދުކުރުން ފިޔަވައި އިތުރު އިސްލާމީ ޙިދުމަތް ފުޅާކުރުން

އިސްލާމިކް މިނިސްޓްރީއާ، ރާއްޖޭގެ ޖަމިއްޔާތަކާއި، އަމިއްލަ ފަރުދުންނާ، އަރަބި އަދި އިސްލާމީ ގައުމުތަކުގެ އެމްބަސީތަކާ އޯއައިސީ ފަދަ އިސްލާމީ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުން

އިލްމުވެރިން ހިމެނޭގޮތަށް ލަފާދީ ބަލަހައްޓާނެ ޚާއްސަ ކޮމިޓީއެއް ހެދުން

ކޮންމެ މިސްކިތެއްގައި ކުޑަ އިސްލާމީ ލައިބްރަރީއެއް ގާއިމުކުރުން

ހިލޭ ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމުތަކުގެ އިތުރުން އަރަބިބަސް ކިޔަވައިދިނުމުގެ ޕްރޮގްރާމުތައް ހިންގުން

ދީނީ ތަރުބިއްޔަތާ އަޚްލާގް ކިޔަވައިދޭ ޕްރޮގްރާމްތައް ހިންގުން

މާލޭގައި ވަޤްފު ބިނާތައް އިތުރުކުރަން މަސައްކަތްކުރުން

އިސްލާމިކް މިނިސްޓްރީއާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ އެމްބަސީތަކާ އޯއައިސީ ފަދަ އިސްލާމީ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުން

ޕާރކުތަކާއި މައިޒާންތަކުގެ އަބާތުރަ ފިލުވައި، ބެލެހެއްޓުމާ، އިތުރު ޕާރކުތަކާ މައިޒާންތަށް ބިނާކުރުން

ޕާރކުތަކާއި މައިޒާންތަކުގެ ހާލަތު ދެނެގަތުމަށް ސާރވޭއެއް ހިންގުން

ހަލާކުވެ މަރާމާތުކުރަން ޖެހިފައިހުރި ހުރިހާ ޕާރކުތަކާއި މައިޒާންތައް މަރާމާތުކުރުން

ޕާރކުތަކާއި މައިޒާންތައް ބެލެހެއްޓުމަށް މުވައްޒަފުން ހަމަޖައްސައި އެތަންތަން ރަނގަޅަށް ބަލަހައްޓަމުން ގެންދިޔުން

މާލޭގެ އެކި ސަރަހައްދުތަކުގައި ޕާރކުތައް ހެދޭނެ ބިންތައް ފާހަގަކޮށް ސަރަހައްދުގެ ރައްޔިތުންގެ މަޝްވަރާ ހޯދައި ފަންނީ ލަފައާއި އެއްގޮތަށް ޑިޒައިންކުރުން (ކުރިން ޕާރކު ހަދަން ކަނޑައަޅައި ޕާރކުގެ ގޮތުގައި ތަރައްގީކުރެވިފައި ނުވާ ތަންތަން ހިމެނޭ ގޮތަށް)

މިގޮތަށް ޑިޒައިންކުރެވޭ ޕާރކުތައް ސަރުކާރު ބަޖެޓަށް ބަރޯސާވުން ކުޑަކޮށް ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއިއެއްކޮށް ޒަމާނީ ފެންވަރެއްގައި ހަދައި ހުޅުވުން

ގަރާޖު، ވޯރކްޝޮޕް، ގުދަން ބޭނުންވާ ފަރާތްތަކަށް އިންޑަސްޓްރިއަލް ވިލެޖުން ފުރުސަތު ތަނަވަސްކޮށްދިނުން

ކަމާއި ބެހޭ ނިންމުން ކައުންސިލްއިން ފާސްކުރުން

މާލެ ތެރޭގައި ހުރި ގަރާޖު، ވޯރކްޝޮޕް، ގުދަންތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާރވޭކޮށް އެއްކުރުން

އިންޑަސްޓްރިއަލް ވިލެޖުގެ ޕްލޭން ރިވައިޒްކޮށް ޒަމާނީ ފެންވަރުގެ އިންޑަސްޓްރިއަލް ވެއަރހައުސް އިމާރާތްތަކެއް އަޅާނެ ފަރާތެއް ހޯދައި މަސައްކަތް ހަވާލުކުރުން

ކުނިގޮނޑެއްގޮތަށް އިންޑަސްޓްރިއަލް ވިލެޖް މިހާރު އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި އެތަން ސާފުކޮށް ހުސްކުރުން

އިންޑަސްޓްރިއަލް ވިލެޖުން ޖާގަ ދޭނެ އުސޫލެއް ކަނޑައަޅައި މާލެ ތެރޭގައިހުރި ގަރާޖު، ވޯރކްޝޮޕް، ގުދަންތައް ބަދަލުކުރުމުގެ ޕްރޮގްރާމެއް ހިންގުން

ގުދަން، ގަރާޖު، ވޯރކްޝޮޕްގެ ވިޔަފާރިއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އިންޑަސްޓްރިއަލް ވިލެޖުން ޖާގަ ދިނުމުގެ ޕްރޮގްރާމެއް ހިންގުން

ރައްޔިތުންގެ ބައިވެރިވުމާއި އެކު މާލޭ ސިޓީގައި 1 ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގުން

ކަމާއި ބެހޭ ނިންމުން ކައުންސިލްއިން ފާސްކުރުން

ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އެކުލަވާލުން

މި ޕްލޭނަށް ޖަމިއްޔާ ޖަމާއަތްތަކާއި ރައްޔިތުންގެ ބައިވެރިވުން ހޯދުން

މާލޭ ސިޓީގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންގެ އެއްބާރުލުމާއި އެކު ޕްރޮގްރާމު ތަންފީޒުކުރުން

މާލޭގެ މަގުތަކުގައި ރިވެތި އިރުޝާދު ދޭ ބޯޑުތައް ބެހެއްޓުން

ކަމާ ބެހޭ ފަންނީ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް ބޯޑުތަކުގައި ލިޔާނެ އިރުޝާދުތަކާއި ބޯޑުތައް ބަހައްޓާނެ ތަންތަން ކަނޑައެޅުން

ޕްރައިވެޓް ސެކްޓަރ ގެ އެހީތެރިކަމާއި އެކު ބޯޑުތައް ތައްޔާރުކޮށް ބޯޑުތައް ބެހެއްޓުން

ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ހިތްފަސޭހަ މަންޒިލުތަކަކަށް ބަދަލު ކުރުން

ފަރީދީގޯޅި ބެލެހެއްޓުން. އެގޯޅީގެ ރައްޔިތުން ޝާމިލުވާ ގޮތަށް ކުރިޔަށް ގެންދިޔުން

ހިނގާފައި އުޅޭ ގޯޅިތަކުގެ ގޮތުގައި ކަނޑައަޅާފައި ހުރި އެހެން ގޯޅިތައް، އެގޯޅިތަކުގެ ރައްޔިތުންގެ މަޝްވަރާއާއިއެކު ޑިޒައިންކޮށް ލޭންޑްސްކޭޕް ކުރުން

ހިނގާފައި އުޅޭ ގޯޅިތައް ގޮތުގައި ކަނޑައެޅިދާނެ އިތުރު ގޯޅިތައް ފަންނީބޭފުޅުންގެ ލަފައާއި އެއްގޮތަށް ފާހަގަކޮށް އެ ގޯޅިތަކުގެ ރައްޔިތުންގެ ހިޔާލު ހުރިނެތް ގޮތް ބެލުން

މިގޮތުން ރައްޔިތުންގެ ތާއިދު ލިބޭ ގޯޅިތައް ހިނގާފައި އުޅޭ ގޯޅިތައް ގޮތުގައި ކަނޑައަޅައި ޑިޒައިންކޮށް ލޭންޑްސްކޭޕް ކުރުން އަދި ވެހިކަލް ޕާކް ނުކުރާ ގޯޅިތައް ގޮތުގައި ކަނޑައެޅުން (މީގެ ތެރޭގައި ޕެޑެސްޓްރިއަނައިޒް ކުރެވޭ ގޯޅިތަކުގެ ތެރޭގައި ސަނދުބަރަކަ ގޯޅި، ސީސަން މަގު ހިމެނުމަށް މަސައްކަތްކުރުން، އަދި ކާނި ގޯޅި އާއި ދުނބުރި މަގު ސައިކަލް ޕާކް ނުކުރެވޭ ގޯޅިތަކަށް ބަދަލުކުރުމަށް މަސައްކަތްކުރުން)

ހިނގާފައި އުޅޭ ގޯޅިތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމެއް އެ ގޯޅިތަކުގެ ރައްޔިތުން ޝާމިލުވާގޮތަށް ކަނޑައަޅައި ތަންފީޒުކުރުން. މިގޮތުން ކަމާ ގުޅޭ ގަވާއިދެއް ރައްޔިތުންގެ މަޝްވަރާއާއިއެކު ހަދައި އަމަލުކުރަން ފެށުނ

ސިއްހަތާއި ރައްޓެހި އީ-ބައިކް ނިޒާމް ތައާރަފުކޮށް ދެމެހެއްޓުން

ކަމާ ބެހޭ ފަންނީ މާހިރެއް ހޯދައި ކަމާ ބެހޭ ދިރާސާތަކާއި ޕްލޭން ތައްޔާރުކުރުން

އެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުން

ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ މާލީ އެހީތެރިކަން ހޯދުން

ޕްރޮޖެކްޓް ތަންފީޒުކުރުން

ވިލިމާލޭގައި ޖާގަ ތަނަވަސް، ކުޑަކުދިންގެ ޒަމާނީ ޕާރކެއް ގާއިމްކުރުން

ކަމާ ބެހޭ ފަންނީ މާހިރުންގެ އެހީތެރި ކަމާއެކު ޕާރކު ޑިޒައިން ކުރުން

އެ ޑިޒައިނަށް ރައްޔިތުންގެ ހިޔާލު ހޯދުން

ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ މާލީ އެހީތެރިކަން ހޯދުން

ޕްރޮޖެކްޓް ތަންފީޒުކުރުން

ބައިނަލް އަގްވާމީ ފެންވަރުގެ އިވެންޓް ވެނިއު ސަރަހައްދެއް މާލެ ސިޓީގައި ގާއިމްކުރުން

ކަމާ ބެހޭ ފަންނީ މާހިރެއް ހޯދައި ކަމާ ބެހޭ ދިރާސާތަކާއި ޕްލޭން ތައްޔާރުކުރުން

އެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުން

ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ މާލީ އެހީތެރިކަން ހޯދުން

ޕްރޮޖެކްޓް ހިންގަން ޑިވެލޮޕަރ އާއި ހަވާލުކުރުން

މާލޭގެ ބަނދަރު ސަރަހައްދުތަކުގެ ޓްރެފިކަށް ލުޔި ގެނެސްދިމުމަށާއި، ދަތުރުވެރިންނަށް ހާއްސަ ކަންކަން ފަހިކޮށްދިމުނުގެ ގޮތުން ކުރެވޭނެކަންކަން ކުރުން

ދަތުރުވެރިންނާއި، ބާޒާރުމަތީ ވިޔަފާރިކުރާ ފަރާތްތަކާއި ކަމާބެހޭ އެހެން ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސާރވޭ ކުރުން

ދަތުރުވެރިން މާލޭ ފަޅުތެރޭގައި މަޑުކުރަންޖެހޭ މުއްދަތުކުޑަކުރުމަށްޓަކައި، ކޮންމެ އަތޮޅަކަށް ގުދަނެއްގެ މަގުން ބާޒާރުމަތީގައި ގުދަންތަކެއް ހަދާ، އެ ގުދަންތައް ބޭނުންކުރާނޭ ގޮތުގެ ޤަވާއިދެއް ހަދާ، ލޯޑްކުރަން ބޭނުންވާ މުދާ ކުރީބައިގައި ގުދަންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. މިގޮތުން ދަރުތުވެރިން މާލޭ ފަޅުތެރޭގައި އަންލޯޑިންގ އާއި ލޯޑިންގ އަށް މަޑުކުރަންޖެހޭ މުއްދަތު ގިނަވެގެން 3 ދުވަހަށް ކުރުކުރުން

ދަތުރުވެރިން މުދާ އަރުވާ ބާލާ ސަރަހައްދު ހިޔާ ކުރުނ

ދަތުރުވެރިންނަށް ޚާއްސަ ގިމަތައެއް ޤާއިމްކޮށްދިނުން

އެމްޕީއެލްއާއި ކަމާ ބެހޭ އެހެންފަރާތްތަކުގެ މަޝްވަރާ ހޯދުން

ކަމާބެހޭ ކުރެހުމާ ޓެކްނިކަލް ޑޮކިއުމެންޓް ތައްޔާރުކޮށް ޕްރޮޖެކްޓް ހިންގުން

މާލޭގެ ބަނދަރު ސަރަހައްދުތަކުގައި ދަތުރުވެރިންނަށް ހާއްސަ ކަންކަން ފަހިކޮށްދިނުމުގެ ގޮތުން ދަަތުރުވެރިންނަށް ހާއްސަ ކްލިނިކެއް ހުޅުވުން

ހެލްތް މިނިސްޓްރީގެ ލަފާ ހޯދުން

ފަންޑް ރައިޒް ކުރުން/ސީ،އެސް،އާރ

ކްލިނިކް ހަދަން ބަޔަކާ ޙަވާލުކުރުން

ދަތުރުވެރިންގެ ކްލިނިކް ހުޅުވުން

މާލޭއާއި ވިލިމާލޭގެ އެކި ސަރަހައްދު ތަކުގައި ފުޓްސަލް ދަނޑާއި ވޮލީ، ބާސްކެޓްބޯޅަ އަދި ނެޓްބޯޅަ ކޯޓުތައް ހެދުމަށް ޖާގަ ކަނޑައަޅައި ދިނުމާއި އައުޓް ޑޯ ޖިމްތައް ޤާއިމްކޮށްދިނުން

ކުޅިވަރު ކުޅޭ ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުން

ފަންނީ ލަފާ ހޯދައި މާލޭގެ އެކި ސަރަހައްދު ތަކުން ޖާގަ ކަނޑައަޅައި ކަމާބެހޭ އެސޯސިއޭޝަންތަކާއި ހަވާލުކުރުން

އައުޓް ޑޯ ޖިމް ޤާއިމްކުރާނެ ބިންތައް ކަނޑައެޅުން އަދި ފަންޑް ރެއިޒްކޮށްގެން ޖިމްތައް ހެދުން (ކޮންމެ ދާއިރާއެއްގައި އެއް ޖިމް ހެދުމަށް މަސައްކަތްކުރުން)

ކަމާބެހޭ މާހިރުންގެ ލަފާއާއި ހެދިފައި ހުރި ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށް މާލޭ ތެރޭގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅަލާއި މެދު ކަންކުރާނެ ގޮތެއް ނިންމުން

ކަމާބެހޭ މާހިރުންގެ ލަފާ ހޯދުން

ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދުން

ކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުން

ލިބޭ މާހިރުންގެ ލަފާއާ ރައްޔިތުންގެ ހިޔާލުގެ މައްޗަށް ބިނާކޮށް އެންމެ އެދެވޭގޮތަކަށް މައްސަލަ ހައްލުކުރުން

ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދައި މާލެ ސިޓީއަކީ ތިމާވެއްޓާއި ރައްެޓެހި، ފެހި، ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް މަޝްރޫޢުތައް ހިންގުން

މާލޭ މަސްވެރިންގެ މާރުކޭޓުގައި ހުރި މައްސަލަތައް ހައްލުކުރުން

މަސް މާރުކޭޓުގައި ހަދާފައިވާ އަށިތައް މަތީގައި މާލޭގެ މަސް މާރުކޭޓުގައި މަސްވެރިންނަށާއި މަސް ގަނެ ވިއްކާ ފަރާތްތަކަށް ފުރުސަތު ލިބޭގޮތަށް ގުރުއަތުލައިގެން މަސް ވިއްކޭނެ ނިޒާމު ގާއިމްކުރުން

މަސްވެރިންނާއި، ގަނެވިއްކާ ފަރާތްތަކާއި ބައްދަލުކުރުން، މަސްމާރުކޭޓަށް ޒިޔާރަތްކުރުން

ފޮށިގަނޑުގައި ބަހައްޓައިގެން މަސް ވިއްކުން ނިމުމަކަށް ގެނައުން

މަސް މާރުކޭޓު ސަރަހައްދުގައި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން

މަސް މާރުކޭޓު ރަނގަޅު ފެންވަރެއްގައި ސާފު ކުރުން. އަދި ކޮންމެ ދުވަހެއްގެ މަސައްކަތް ނިންމައި، ސާފު ކޮށް ބަލަހައްޓާ ނިޒާމް ގާއިމްކުރުން

ފަޅުތެރޭގައި އަޅާފައި ހުންނަ މަހަށް ނުފުރާ ދޯނިތައް އެތަނުން ނެގުން

އެން ހިފައިގެން އައިސް މަޑުކޮށްލަން ހުރަސް ތޮށީގެ އިރުން ކަނޑައެޅޭ އުސޫލަކުން ޖާގަ ދިނުން

ލޯކަލް މާރުކޭޓު ސަރަހައްދުގައި މަސްވެރިންނަށް ހަދާފައި ހުރި ގޮޅިތައް އިންސާފުވެރިކަމާއެކީ ބޭނުން ކުރެވޭގޮތް ހެދުން

މަސް މާރުކޭޓު ސަރަހައްދުގެ ކާނުތައް ނަގާ ސާފުކޮށް އެއްކޮށް ބަދަލުކުރުން

މަސް މާރުކޭޓު ސަރަހައްދުގައި ނުގަވައިދުން މަސް ވިއްކާ ފަރާތްތައް ހުއްޓުވުން

މަސް މާރުކޭޓުން މަސް ގަންނަން ލިބޭ ވަގުތު އިތުރުކުރުން

މަސް މާރުކޭޓާ ބެހޭ ގަވާއިދު ހަދައި ތަންފީޒުކުރުން

މަސް މާރުކޭޓުގެ ކަންކަން ދާ ގޮތް ބެލުމަށް ސުޕަވައިޒަރުން ހަމަޖެއްސުން

މަސް މާރުކޭޓުގައި މަސް ކަނޑަން ބޭނުންކުރާ ފެނަކީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތް ފެނެއްކަން ކަށަވަރުކުރުން

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ހުރި މައްސަލަތައް ހައްލުކުރުން

ދަތުރުވެރިންގެ މާރކޭޓަށާއި ލޯކަލް މާރކޭޓަށް ޒިޔާރަތްކުރުން

ދަތުރުވެރިންގެ މާރުކޭޓުގައި ފާހާނާ ގާއިމްކޮށްދިނުން

ލޮކްޑައުން ތެރޭގައި ނަގާފައިވާ ކުއްޔަށް ލުއެއް ހޯދުމަށް މަޝްވަރާކުރުން

ވިލިމާލޭގައި ލޯކަލް މާރކެޓެއް ޤާއިމްކުރުން

ކަމާގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުން

ކަމާގުޅޭގޮތުން ފަންނީ ލަފާ ހޯދުން

ކަމާގުޅޭ އިދާރާތަކުގެ ލަފާ ހޯދުން

އިމާރާތް ޑިޒައިންކޮށް މަސައްކަތް ކުރާނެ ފަރާތެއް ހޯދައި މަސައްކަތް ހަވާލުކުރުން

މާލޭ މަސްވެރިންގެ މާރުކޭޓާއި ދަނޑުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރކޭޓް ޒަމާނީކުރުން

ޒަމާނީ ފެންވަރުގެ މަސް މާރުކޭޓަކާއި ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރުކޭޓު ގާއިމްކުރުމަށް ކުރަންޖެހޭ ހުރިހާ ކަންކަން ރާވައި ހިންގުން

ހުޅުމާލޭގައި މަސްދޯނިފަހަރު، ލޯންޗް ފަހަރު މަރާމާތަށް އެހިލެވޭނެ އިންތިޒާމް ހަމަޖެއްސުން

ހުޅުމާލެ ފޭސް 2އިން މިކަމަށް ވަގުތީ އިންތިޒާމް ހަމަޖެއްސުން

ވިލިމާލެ ކުނިކަހާ ސާފުކުރުމަށް ތިބޭ މުއައްޒަފުންގެ އަދަދު އިތުރުކުރުން

ވިލިމާލެ ފެރީ ޓަރމިނަލް އަކީ އެއަރކޯން ކޮށްފައި ހުރި ތަނެއްގެ ގަޮތުގައި ހެނުން (މާލެ، ވިލިމާލެ)

އެމް.ޓީ.ސީ.ސީ އާއި މަޝްވަރާކޮށް ކަމަށް ޙައްލެއް ގެނެވޭނޭ މަގެއް ފަހިކުރުން

އޭސީކޮށް ބޭނުންކުރަން ފެށުން

ނީލަން ފިހާރައާއި މެދު ދާއިމީ ގޮތެއް ނިންމުން

ކަމާބެހޭ މާހިރުންގެ ލަފާ ހޯދުން

ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދުން

ކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުން

ލިބޭ މާހިރުންގެ ލަފާއާ ރައްޔިތުންގެ ހިޔާލުގެ މައްޗަށް ބިނާކޮށް އެންމެ އެދެވޭގޮތަކަށް މައްސަލަ ހައްލުކުރުން

"ސާފުމަގު" މަޝްރޫއު ތައާރަފުކޮށް ރަށްވެހިންގެ އެއްބާރުލުމާއި އެކު ހިންގާ ދެމެހެއްޓުން

މަގުމަތީގައި ކުނި ބެހެއްޓުން ނިމުމަކަށް ގެނައުމަށާއި، މަގުމައްޗަށް ކުޅުޖެހުން ހުއްޓުވުމަށް ވެމްކޯއާއި ، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، އެން.ޖީ.އޯ ތަކާއި އާންމު ރައްޔިތުންގެ އެހީތެރި ކަމާއި އެއްކޮށް ކުރާނެ ކަންތައްތައް ކަނޑައަޅައި ތަންފީޒުކުރުން

"ހިތްގައިމު ފަރު" ޕްރޮގްރާމް ގެ ނަމުގައި މާލޭގެ ބޭރުތޮށިގަނޑާއި، ވަށައިގެންވާ ފަރާއި، ފަޅުތެރެ ދެމެހެއްޓެނިވި ގޮތެއްގައި، ކްލަބް ޖަމިއްޔާތަކާއި، އެން.ޖީ.އޯ ތަކާއި، ޢާއްމުންގެ ބައިވެރިވުމާއި އެކީ ކުރިޔަށް ގެންދިޔުން

ކައުންސިލުން ފާސްކުރުން

ކަމާބެހޭ ކޮންސަލްޓަންޓެއް ހޯދުން

"ޕްލާސްޓިކާއި ދުރުވަމާ" ޕްރޮގުރާމް ވެމްކޯއާއި، ކްލަބް ޖަމިއްޔާތަކާއި، އެން.ޖީ.އޯ ތަކާއި އާންމު ރައްޔިތުންގެ އެހީތެރި ކަމާއި އެއްކޮށް ކުރާނެ ކަންތައްތައް ކަނޑައަޅައި ތަންފީޒުކުރުންރާވާ ހިންގުން

ޕްރޮގްރާމް ގެ ދަށުން ކުރެވިދާނެ ކަންކަން ކަނޑައަޅާ ކައުންސިލް އިން ފާސްކުރުން

ކަމާބެހޭ ކޮންސަލްޓަންޓެއް ހޯދުން

ޑިޖިޓަލް މާލެ

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ޑިޖިޓަލް މާލޭގެ އަމާޒުތައް

އިތުރު މައުލޫމާތު

ޗާލު މާލެސިޓީ

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ޗާލު މާލެސިޓީގެ އަމާޒުތައް

އިތުރު މައުލޫމާތު

ހިތްފަސޭހަ މަގުމަތި

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ހިތްފަސޭހަ މަގުމަތީގެ އަމާޒުތައް

އިތުރު މައުލޫމާތު

ބިންވެރި ރައްޔިތެއް

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ބިންވެރި ރައްޔިތެއްގެ އަމާޒުތައް

އިތުރު މައުލޫމާތު

ފުދުންތެރި ދިރިއުޅުން

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ފުދުންތެރި ދިރިއުޅުމުގެ އަމާޒުތައް

އިތުރު މައުލޫމާތު

ރައްޔިތުންނާއި ބައްދަލުވާ ކައުންސިލް

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ރައްޔިތުންނާއި ބައްދަލުވާ ކައުންސިލްގެ އަމާޒުތައް

އިތުރު މައުލޫމާތު

ހަރުދަނާ އިދާރީ ހިންގުން

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ހަރުދަނާ އިދާރީ ހިންގުމުގެ އަމާޒުތައް

އިތުރު މައުލޫމާތު