2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އިސްތިހާރު ހަރުކުރުމާއި ގުޅޭ

3 މަސް ކުރިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިޚާބަކަށްވާތީ، މިއިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުން ފީއަކާ ނުލައި މާލޭ ސީޓީގައި އިސްތިހާރު ހިއްޕުމުގެ ހުއްދަ ދިނުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

   ވީމާ، ތިރީގައި ދަންނަވާފައިވާ ކަންތައްތައް ފުރިހަމަ ކުރެއްވުމަށްފަހު، އަދި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވާ ފަރާތްތަކަށް އިސްތިހާރު ބެހެއްޓުމުގެ ހުއްދަ ހޯދެއްވުމަށް މިކައުންސިލަށް ހުށައެޅުވުމަށް ދެންނެވީމެވެ.

1- ހުއްދަ ނުނަގާ އިސްތިހާރު ހިއްޕައިފިނަމަ މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

 (ހ) ހުއްދަ ނުނަގާ އިސްތިހާރު ބަހައްޓާ ކޮންމެ ދުވަހަކަށް -/1000 ރ.( އެއްހާސް ) ރުފިޔާއާއި-/2000ރ.( ދެހާސް)ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.އަދި އިސްތިހާރު ނަގަންޖެހޭމުއްދަތު ހަމަވުމުން އިސްތިހާރު ނުނަގާހިނގާ ކޮންމެ ދުވަހަކަހަކަށް-/2000 ރ. (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

2- އިސްތިހާރު ހަރުކުރުމަށް ހުށައަޅާއިރު މިމާއްދާގެ (ހ)،(ށ)،(ނ)،އަދި (ރ) ގައިވާ ތަކެތި ހުށައަޅަންވާނެއެވެ.

(ހ) 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ މެމްބަރެއް  ކަމުގެ ލިޔުން އިލެކްޝަނުން ދީފައިވާ ލިޔުން ހުށައަޅަންވާނެއެވެ.

(ށ) ހަރު ކުރަން ބޭނުންވާ އިސްތިހާރެއްގެ ހާރޑް ކޮޕީ ކުލަކޮށް ހުށައަޅަން ވާނެއެވެ.

(ނ) ދީނާ ގުޅުންހުރި ލިޔުމެއް ލިޔެފައިވާ އިސްތިހާރެއްނަމަ ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއްރާޒް ހުއްދަ ނަގަންވާނެއެވެ.

(ރ) ދަމާފައިވާ ބެނާ އިސްތިހާރުގެ ސަބަބުން ޢާއްމު ރައްޔިތަކަށް  ނުވަތަ ތަނަކަށް ގެއްލުމެއް ވެއްޖެނަމަ އިސްތިހާރު ހަރުކުރި ފަރާތުން އެކަމުގެ ޒިންމާ ނަންގަވަންޖެހޭނެއެވެ.

(ޅ) އަމިއްލަ ފަރާތެއްގެ ޢިމާރާތުގައި ހަރުކުރާނަމަ، އެފާރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމުގެ ކޮޕީ ހުށަހެޅުމާއެކު، ހުއްދަ ދޫކުރި ލޮކޭޝަންތައް/ ހަރުކުރަން ހުއްދަ ކުރިގޮތް ( މެތޮޑް) އެގެން އޮންނަންވާނެއެވެ.

3- އިޝްތިހާރު ނުހިއްޕޭނެ ތަންތަން

(ހ) ދައުލަތުގެ ޢިމާރާތްތަކުގައާއި ، ސަރުކާރުގެ ތަންތަނުގެ މަގުމަތީ ފާރުގައާއި ، ސަހަރާތަކުގައާއި، ޕާކުތަކުގައާއި އަދި ޔުޓިލިޓީސް ޚިދުމަތް  ދިނުމަށް މަގުމަތީ ފާރުގައި ހަރުކޮށްފައިވާ ފޮށިތަކުގައާއި ، މަގުމަތީގައި ބެހެއްޓިފައި ހުންނަ ޑަސްބިންތަކާއި، ގަސް އިންދުމަށް މަގުމަތީގައި ޖަހާފައިހުންނަ ފެންސްތަކުގައި އިޝްތިހާރު ބެހެއްޓުމަކީ ނުވަތަ ހިއްޕުމަކީ މަނާކަމެކެވެ.

(ށ) މިސްކިތްތަކުގައި ތިބޭމީހުންނަށް ފެންނަގޮތަށް އެކިއެކި ތަސްވީރު ހުންނަ އިޝްތިހާރު ބަހައްޓައި ހަރުކުރުމަކީ މަނާ ކަމެކެވެ.

(ނ) އެއްވެސް ބާވަތެއްގެ އިޝްތިހާރެއް މަގުމައްޗަށާއި، މަގުމަތީގައި ހުންނަ އެއްޗިއްސަށާއި، ވެހިކަލްތަކަށާއި އެނޫންވެސް ތަންނަނަށް އެޅުމަކީ މަނާ ކަމެކެވެ.

 

3-  ގޭގޭގެ ފާރުގައި އިޝްތިހާރު ހިއްޕުން އަމިއްލަ މީސްމީހުންގެ ގޭގެއާއި، ޢިމާރާތްތަކުގައި އިޝްތިހާރު ބަހައްޓައި ހަރުކުރަންވާނީ އެތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި އިޝްތިހާރުގެ މުއްދަތު ހަމަވުމުން އެތަނަކުން އިޝްތިހާރު ނައްޓައި ނުވަތަ ނަގައި ތަން ސާފުކުރުމަކީ އިޝްތިހާރު ހަރުކުރާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

10 މާރިޗު 2021