ކޯވިޑް – 19 އާއި ގުޅިގެން  ބަންދުކުރެވޭ ޙާލަތްތަކުގައި ތަކެތި ފޮނުވައިދޭނެ ފިހާރަތަކުގެ މަޢުލޫމާތު މާލޭ ސިޓީ ކައުންސިލުން އެއްކޮށްފި.

ކޯވިޑް – 19 އާއި ގުޅިގެން ބަންދުކުރެވޭ ޙާލަތްތަކުގައި ތަކެތި ފޮނުވައިދޭނެ ފިހާރަތަކުގެ މަޢުލޫމާތު މާލޭ ސިޓީ ކައުންސިލުން އެއްކޮށްފި.

2 މަސް ކުރިން

ކޯވިޑް 19 އާއި ގުޅިގެން ބަންދުކުރެވޭ ހާލަތް ތަކިގައި އެއްޗެހި ފޮނުވައިދޭނެ ފިހާރަތަކުގެ މަޢުލޫމާތު މާލޭ ސިޓީކައުންސިލުން އެއްކޮއްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މާލެއާއި ވިލި މާލެ ސަރވޭކޮށް އެއްކުރި މައުލޫމާތުގެ ދަށުން އެއްވެސް ސަރަޙައްދެއް ބަންދުކޮށްފި ހާލަތެއްގައި އެ ސަރަަޙައްދެއްގައި ހިމެނޭގެގެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވޭނެ ފިހާރަތަކުގެ މައުލޫތު އެއްކޮށް ފައިވެއެވެ.

މިމަސައްކަތުގެ ދަށުން މާލޭގެ 334 ފިހާރައަކާއި އަދި ވިލިމާލޭގެ 30 ފިހާރައެއްގެ މައުލޫމާތު ސިޓީ ކައުންސިލަށް ހޯދުނެވެ. މީގެތެރެއިން މާލޭގެ 269 ފިހާރައަކުން މިފަދަ ހާލަތެއްގައި މުދާ ފޮނުވައިދޭނެ ކަމަށް ބުނެފައިވެއެވެ. އަދި ވިލިމާލޭގެ 20 ފިހާރައަކުން އެއްބަސްވެފައި ވެއެވެ. މާލޭގެ 334 ފިހާރައަކީ 168 ކޮށީގައި ހިމެނޭ ފިހާރަތަކެވެ. އަދި ވިލިމާލޭގެ 30 ފިހާރައަކީ 20 ކޮށީގައި ހިމެނޭ ފިހާރަތަކެވެ.

މާލޭގައި މުދާ ފޮނުވައިދޭނެ ކަމަށް ބުނާ 202 ފިހާރައަކީ އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށް ބުނާ ފިހާރަތަކެވެ. އަދި ވިލިމާލޭގެ ފިހާރަތަކުގެ ތެރެއިން 17 ފިހާރައަކީ އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށް ބުނާ ފިހާރަތަކެވެ.

މިސާވޭއާއެކުގައު އެޗް.ޑީ.ސީގެ ފަރާތުން ހުޅުމާލޭގައިވެސް ސާވޭ ކޮއްފައިވެއެވެ. އެގޮތުން 90 ފިހާރައެއްގެ މައުލޫމާތު ހޯދާފައިވެއެވެ. ހުޅުމާލޭގެ ފިހާރަތަކުގެ ތެރެއިން 63 ފިހާރައަކީ އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށް ބުނާ ފިހާރަތަކެވެ. އަދި ސާވޭ ކުރި ފިހާރަތަކުގެ ތެރެއިން 73 ފިހާރައަކުން މުދާ ފޮނުވައިދޭނެކަމަށް ބުނެފައިވެއެވެ.