ޕާކިންގ ޖާގަތަކަށް އެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ޕާކިންގ ޖާގަތަކަށް އެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

2 މަސް ކުރިން

މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިންގް ޖާގަތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ. މިކަން ޢާއްމުކޮށް ސިޓީ ކައުންސިލުން ކުރި އިޢުލާންގައިވާގޮތުން އަގުދީގެން ޕާކްކުރާ ޖާގަތަކަށް  އެދި ހުށަގެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޯގަސްޓްމަހުގެ 14 ވަނަދުވަހެވެ. އެދުވަހުގެ 14:00 އާއި ހަމައަށް ފޯމު ބަލައިގަންނަގޮތަސް ވަނީ ހަމަޖައްސާފައެވެ.

މުއަދްތު އިތުރުކޮށްފައިވާނީ ކަމާގުޅިގެން ހޯދަން ޖެހޭ ބައެއް ލިޔެކިޔުންތަސް ހޯދުމުގައި މީހުންނަށް ދަތިތަކާކުރިމަތިވަމުންދާތީއެވެ.

ޕާކިންގް ޖާގަދޫކުރުމަށް ހަމަޖެހިފައިވަނީ 10 ސަރަހައްދަކުން ޖުމްލަ 211 ޖާގައެވެ. އޭގެތެރޭގައި މަގުމަތީ ޕާކިންގްތަކުގެ ގޮތުގައި އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން 123 ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިންގް ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މއ. ވައިދެރިޔާ ހިނގުން ( އަމީނީމަގާ ކުރެދި ގޯޅިއާ ދެމެދު) 44 ޖާގަ، މަ. ރާދަފަތި ހިނގުން ( އަމީނީމަގާ ފަޅުމަތީމަގާ ދެމެދު ) 21 ޖާގަ، މއ.ކުރެދި ގޯޅި  ޖާގަ 10، މއ.ހުދުފަޅު ހިނގުން 8 ޖާގަ، މ.ހިލާލީމަގު، އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީ ފަޅި 20 ޖާގަ، މ.ހިލާލީމަގު، އަމީނީމަގު އިރުމަތީފަޅި ( ސްޓޭޑިއަމްފަޅި) 10 ޖާގަ، ޞަލާޙުއްދީން ޕާކިންގ 10 ޖާގަ، އާޓިފިޝަލް ބީޗް ޕާކިންގް 24 ޖާގަ، އަލިމަސްކާނިވާ ސަރަޙައްދު 6 ޖާގަ، ސަލްމާން މިސްކިތް ސަރަޙައްދު 58 ޖާގައެވެ.