ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް އިތުރު ބަސްސްޓޮޕެއް ހުޅުވައިފި

ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް އިތުރު ބަސްސްޓޮޕެއް ހުޅުވައިފި

3 ހަފްތާ ކުރިން

މާލޭ ސިޓީގެ، މާލޭގެ އާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް މާލޭގައި އިތުރު ބަސް ސްޓޮޕެއް ރަނގަޅު ފެންވަރަކަށް ހަދައި ހުޅުވައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޢިޖްތިމާއީ ޒިންމާގެ ދަށުން ހެދި މި ބަސް ސްޓޮޕް ހުޅުވީ ހެންވޭރު ކާނިވާ ސަރަޙައްދުގައެވެ.

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު މިބަސް ސްޓޮޕް ހުޅުއްވާ ދެއްވީ މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދެވެ. މި ބަސް ސްޓޮޕް އަކީ އެމް.ޕީ.އެލް އިސްނަގައިގެން އެކުންފުނީގެ ޚަރަދުގައި، މާލޭ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާއާއި ގުޅިގެން ހެދި ހުޅުމާލެއަށް ދަތުރުކުރާ ބަސް ޤަވާއިދުން މިތަނަށް މަޑުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ހެދި ގޮނޑުދޮށް ކައިރިއަށްވެސް މަޑުކުރާނެއެވެ.

މި ރަސްމިއްޔާތުގައި އެމް.ޕީ.އެލް ގެ އިސްވެރިންނާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.