” އަތަމަނަ” ގެ ނަމުގައި ހަފުތާ ނުހެއް ނެރުމަށް ކައުންސިލުން ނިންމައިފި

” އަތަމަނަ” ގެ ނަމުގައި ހަފުތާ ނުހެއް ނެރުމަށް ކައުންސިލުން ނިންމައިފި

2 މަސް ކުރިން

” އަތަމަނަ ” ގެ ނަމުގައި ހަފުތާ ނޫހެއް ނެރުމަށް ކައުންސިލުން ނިންމައިފިއެވެ. މިކަން ނިންމާފައިވަނީ 15 ޖުލައި 2021 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ ކުއްލި ބައްދަލުވުމުންނެވެ.

ކައުންސިލުން ނިންމާފައިވަނީ ކައުންސިލުން ކަނޑައަޅާ އެޑިޓޯރިއަލް ބޯޑެއް ހަމަޖައްސައި އެ ބޯޑުގެ ބެލުމުގެ ދަށުން މި ނޫހުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. މި ނޫހުގެ ބޭނުމަކީ ކައުންސިލުން ހިންގާ ޙަރަކާތްތައް ރައްޔިތުންނަށާއި އެހެން މީޑިއާތަކަށް ފޯރުކޮށްދީ އެ މީޑިއާތަކަށްވެސް ޚަބަރު ހެދުމަށް ފަސޭހަކުރުމާއި ކައުންސިލާމެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ނޫހުގައި ހިމެނޭނީ ކައުންސިލުން އެ ހަފުތާއެއްގައި ހިންގާފައިވާ ކަންކަމުގެ ޚަބަރުތަކާއި ޢާއްމުކުރެވޭ އެކިއެކި ލިޔެކިޔުންތަކެވެ.

ހަފުތާއަކު އެއްފަހަރު ނެރޭ މި ނޫސް ރައްޔިތުންނަށް ހިލޭ ބަހާގޮތަށް ވަނީ ހަމަޖައްސާފައެވެ.