މާލޭ ސިޓީގައި ގެންގުޅެވޭނެ އެއްގަމު އުޅަނދުފަހަރު މިންވަރާއި ޢުމުރު ވަރަށް އަވަހަށް ކަނޑައަޅުއްވާނެކަމަށް މޭޔަރ ވިދާޅުވެއްޖެ

މާލޭ ސިޓީގައި ގެންގުޅެވޭނެ އެއްގަމު އުޅަނދުފަހަރު މިންވަރާއި ޢުމުރު ވަރަށް އަވަހަށް ކަނޑައަޅުއްވާނެކަމަށް މޭޔަރ ވިދާޅުވެއްޖެ

1 މަސް ކުރިން

މާލޭ ސިޓީގައި ގިނަވެގެން ގެންގުޅެވޭނެ އެއްގަމު އުޅަނދުފަހަރުގެ އަދަދާއި އަދި ޢުމުރު ވަރަށް އަވަހަށް ސިޓީ ކައުންސިލުން ކަނޑައަޅުއްވާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭން ހެދުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސިޓީ ކައުންސިލުން ބާއްވަމުންދާ ބައްދަލުވުންތަކުގެތެރެއިން މައްޗަން ގޮޅީގެ ބައްދަލުވުމުގައި މިމަހުގެ 10 ވަނަ ދުވަހުގެރޭ މައްޗަންގޮޅީގެ ރައްޔިތުންނާ މުޚާޠަބް ކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި މަސައްކަތަކީ މިހާރު ސިޓީ ކައުންސިލާ މަތިކުރެވިފައިވާ މަސައްކަތަކަށްވީތީ، މާލޭ ސިޓީގައި އެންމެ ގިނަވެގެން ގެންގުޅެވޭނެ އެއްގަމު އުޅަނދުފަހަރުގެ އަދަދު ވަރަށް އަވަހަށް ކަނޑައަޅުއްވައި އިޢުލާންކުރައްވާނެކަމަށެވެ. ހަމައެއާއެކު އެކަމާއި ގުޅިފާ ދެވަނަ މަސައްކަތެއްކަމަށްވާ، މާލޭ ސިޓީގައި އެއްގަމު އުޅަނދުފަހަރު ދުއްވޭނެ އެންމެ ދިގު މުއްދަތު ކަނޑައެޅުމުގެ ގޮތުން އެއްގަމު އުޅަނދުފަހަރުގެ އުމުރު ވަރަށް އަވަހަށް ކަނޑައަޅުއްވާނެކަމަށް ވިދާޅުވިއެވެ. މި މަސައްކަތް މިހާރު ލަސްވެފައިވަނީ ޓްރާންސްޕޯޓް އިން ލިބެންޖެހޭ މައުލޫމާތު ނުލިބިގެން ކަމަށް ވިދާޅުވިއެވެ. އަދި ދެން އޮތް މަގަކުންވެސް މިކަން ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އެއްގަމު އުޅަނދުފަހަރު ގެންގުޅެވޭނެ ޢަދަދު ކަނޑައެޅުމުން މާލޭ ސިޓީގެ އުޅަނދުގެ ޢަދަދު އެއަށްވުރެ އިތުރުވިޔަ ނުދިނުމަށް ކަނޑައަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅާނެއެވެ. އަދި އުމުރު ކަނޑައެޅުމުން އެ އުމުރަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރު އެކަން ތަންފީޒުކުރަންފެށުމުން މަގުމަތީގައި ނުދުއްވޭނެއެވެ.

ރޭގެ ބައްދަލުވުމުގައި މައްޗަން ގޮޅީގެ ރައްޔިތުން ބައިވެރިވެ އެފަރާތްތަކުގެ ޝުޢޫރު ފާޅުކުރެއްވިއެވެ. އެގޮތުން ފާޅުކުރެއްވި ޚިޔާލުތަކުގެތެރޭގައިވެސް މާލޭގެ މަގުތ ށް ނެރެން ބޭނުންނުވާކަމަށެވެ. މިހާރުވެސް ގޭގެއަށް ވަނުމަށާއި އަވަށުގެ ބައެއް ގޯޅިތަކުން ދުއްވުމުގައި ދިމާވެފައިވާ މައްސަލަތަށް ފާހަގަކޮށް އިތުރަށް އެއްގަމު އުޅަނދުފަހަރު ބޭނުންނުވާކަން ފާހަގަކުރިއެވެ.