މާލޭ ސިޓީގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓަށް ބައެއް ބަދަލުތަށް ގެންނަން ނިންމައިފި

މާލޭ ސިޓީގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓަށް ބައެއް ބަދަލުތަށް ގެންނަން ނިންމައިފި

4 ހަފްތާ ކުރިން

މާލޭ ސިޓީގެ މާލޭގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ގިންގާ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓްގެ މަސައްކަތްތަކަށް ބަދަލުގެނެސް މާލޭގެ ބައެއް މަގުތައް ތާރު އަޅައިގެން ހަދާގޮތަށް ނިންމައިފިއެވެ.

މަގުހެދުމުގެ މަޝްރޫޢުއަށް މި ގެނެވުނު ބަދަލާއެކު މާލެ ވަށައިގެންވާ މަގުގައި ތާރު އަޅައި ނިންމުމާއި، މި މަގުގެ އެކި ހިސާބަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުން ހިމެނެއެވެ. އެގޮތުން އުތުރު ފަރާތުން މަގު ފުޅާކޮށް އަލުން ތޮށިލައި މަގު ފުޅާކުރަން ހަޖެހިފައިވާ ދިމާއިން ބިން ހިއްކުމަމީ މަޝްރޫޢުގެ ބޮޑަތި ބަދަލުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެވެ. މީގެ އިތުރުން މާލޭގެ ބޮޑަތި ބައެއް މަގުގައި ތާރުއަޅައި ނިންމުމަކީވެސް މި ގެނެވޭ ބަދަލުގެތެރޭގައި ހިމެނޭކަމެކެވެ.

މާލޭ ސިޓީގެ ސްޓްރެޓިޖް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ގޮތަށް މަޝްރޫޢު ބަދަލުކުރާއިރު އެތެރޭގެ ބައެއް ސަރަޙައްދުތަށް މިހާރުހަދަމުން ދާގޮތަށް ހެދުމުގެ މަސައްކަތުގެ ބައެއް ސެގްމެންޓްތައް މި ހިނދަށް މަޑު ޖައްސާލައި އެންމެ މުހިއްމުކަމެއްގެ ގޮތުގައި ބޭރު މަގުގައި ތާރުއެޅުމާއި ގުޅިފައިވާ ބޮޑަތި މަގުތަކުގައި ތާރުއެޅުން ހިމެނެއެވެ.

މި ގެނެވުނު ބަދަލުތަކުގެތެރެއިން ގާ އަތުރައިގެން މި ހިނދަށް ހަދަން ހަޖައްސާފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ ނުނިމި ހުރި މަސައްކަތްތަކާއި، ހެންވޭރު އުތުރު ސެގްމެންޓެވެ. ތާރު އަޅައިގެން ހަދާ މަގުތަކުގެތެރޭގައި ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ރިންގް ރޯޑް ( ހުޅުމާލޭ ޓަރމިނަލް އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާހަމައަށް ހެދުމުގެ އިތުރުން އަމީނިމަގު، ކަނދާއައިސާރަނި ހިނގުން، ޝަހީދުއަލީ ހިނގުން، އިއްޒުއްދީން މަގު، ހަނދުވަރީ ހިނގުން، ޗާންދަނީމަގު، ބުރުޒުމަގު، ލޮނިޒިޔާރަތްމަގު، ރަށްދެބައިމަގު، ސޯސަންމަގު، ޖަނަވަރީ މަގު އަދި މުރަނގަ މަގެވެ. ތާރު އަޅައިގެން ހަދާ ދެވަނަ ފިޔަވަހީގެ މަގުތަކުގެތެރޭގައި ހިމެނެނީ މުއިވެޔޮ މަގު، މާވެޔޮ މަގު، ހަވީރީ ހިނގުން، ލީލީމަގު، އަމީރު އަޙުމަދު މަގު، ފަރީދީ މަގު، ބޮޑުރަސްގެފާނުމަގު އަދި އަލިކިލެގެފާނުމަގެވެ.