މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، ގައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގެ އެންމެހާ ރައްޔިތުނަށް ޙާއްސަކޮށް މާލޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި

މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، ގައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގެ އެންމެހާ ރައްޔިތުނަށް ޙާއްސަކޮށް މާލޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި

2 ހަފްތާ ކުރިން

 

މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، ގައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގެ އެންމެހާ ރައްޔިތުނަށް ޙާއްސަކޮށް މާލޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. އެމަނިކުފާނު ތަހުނިޔާ ފޮނުއްވީ ޤައުމީދުވަހުގެ މުނާސަބާގައި ފާހަގަ ކުރަމުންދާ ރާއްޖޭގެ 463 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުވައި އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އެ މެސެޖްގައި ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ހުރިހާ ރައްޔިތުން އަތުކުރިއޮޅާލައި ޢަޒުމު ކަނޑައެޅުމަށާ ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ވަރުގަދަ ޖިހާދު ކުރެއްވި އަބްތާލުން ހާއްޞަކޮށް ބޮޑުތަކުރުފާނުގެ ޒިކުރު މިއަދު އާކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މެސެޖްވަނީ މާލޭ ސީޓިކައުންސިލްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ޓްވީޓްކޮށްފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެއީ ޕޯޗްގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ދިވެހި ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި ޖިހާދުގައި ނަސްރު ލިބިވަޑައިގަތްދުވަހެވެ. ޕޯޗުގީޒުން ރާއްޖޭގައި 15އަހަރަށްވުރެ ދިގުމުއްދަތަކަށް ވެރިކަން ކުރިއެވެ. ޕޯޗްގީޒުން ރާއްޖެ ހިފީ ހިޖްރައިން 1558 ވަނައަހަރުއެވެ. އެއީ ރާއްޖެއާ ކުރި ހަނގުރާމައަށްފަހު އަލިރަސްގެފާނު ޝަހީދުކޮއްލުމަށްފަހުގައެވެ. ބޮޑުތަކުރުފާނާއި އޭނާގެ ދެކޮއްކޮއިންކަމުގައިވާ ހަސަންތަކުރާއި އަލިތަކުރު އަދި އެހެންދިވެހީންތަކެއް ޝާމިލްކޮއްގެން ކުރެއްވި ޖިހާދަށްފަހު މާތްﷲގެ ވާގިފުޅާއެކު ރާއްޖެ ސަލާމަތްކުރެވުނީ 1573 ވަނައަހަރުއެވެ. މި ޖިހާދުގައި ދެން އެންމެ މަޝްހޫރު ބަޠަލުންނަކީ ދެހާޖީންނާއި ދަނޑަހިލެވެ.