ފަރުކޮޅުފުއްޓަށް އެޗް.ޑީސީ އިން ކުރާ އިންވެސްޓްމެންޓް ތަކަކީ ސިޓީ ކައުންސިލާ ގުޅިގެން ކުރާ އިންވެސްޓްމެންޓްތަކެއްކަމުގައި ހަމަޖައްސަންޖެހޭނެކަމަށް ނިންމައިފި

ފަރުކޮޅުފުއްޓަށް އެޗް.ޑީސީ އިން ކުރާ އިންވެސްޓްމެންޓް ތަކަކީ ސިޓީ ކައުންސިލާ ގުޅިގެން ކުރާ އިންވެސްޓްމެންޓްތަކެއްކަމުގައި ހަމަޖައްސަންޖެހޭނެކަމަށް ނިންމައިފި

1 މަސް ކުރިން

ފަރުކޮޅުފުއްޓަށް އެޗް.ޑީސީ އިން ކުރާ އިންވެސްޓްމެންޓް ތަކަކީ ސިޓީ ކައުންސިލާ ގުޅިގެން ކުރާ އިންވެސްޓްމެންޓްތަކެއްކަމުގައި ހަމަޖައްސަންޖެހޭނެކަމަށް ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 5 ވަނަ ޖަލްސާއިންނެވެ.

މާލޭ ސިޓީ ކައުންސިލުން މިނިންމުން ނިންމާފައިވަނީ ފަރުކޮޅުފުއްޓަކީ، ފަޅުރަށަކަށްވެފައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މާލޭ ސިޓީ ކައުންސިލްގެ އިޙްތިޞާސްތެރޭގައި ފަރުކޮޅުފުށި ހިމެނޭތީއެވެ. މާލޭ ސިޓީ ކައުންސިލުން މި ނިންމުން ނިންމުމުގައި ސިޓީ ކައުންސިލަށް ގާނޫނީ ލަފާދޭ ޓީމްގެ ރައުޔުވެސް ހޯދާފައިވާައިރު އެރަޢުޔުގައިވެސް ވަނީ ފަރުކޮޅުފުށީގެމައްޗަށް ސިޓީ ކައުންސިލްގެ ބާރު ހިނގާނެކަމަށެވެ.

ސިޓީ ކައުންސިލްގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުމުން ކައުންސިލަރުން ވަރަށް މިނިވަންކަމާއެކު މި މައްސަލާގައި ބަހުޘްކުރައްވައި ފައިސަލާކުރެއްވީ އެޗްޑީސީގެ ފަރާތުން ފަރުކޮޅުފުށީގައިކުރާ ހުރިހާ އިވެސްޓްމެންޓްތަކަކީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކުރާ އިންވެސްޓްތަކަށް ވާންޖެހޭނެކަމަށެވެ.