ވިލިމާލޭ ސިނަމާލޭ 4 ގެ އިންފާރު ރާނަން ފަށައިފި

ވިލިމާލޭ ސިނަމާލޭ 4 ގެ އިންފާރު ރާނަން ފަށައިފި

4 ހަފްތާ ކުރިން

ިލިމާލޭގައި ހުންނަ ސިނަމާލޭ 4 ގެ ފްލެޓްގެ އިންފާރު ރޭނުމުގެ މަސައްކަތްފަށައިފިއެވެ. މި މަސައްކަތަކީ މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 6 ވަނަ ރަސްމީ ޢާއްމު ޖަލްސާއިން ނިންމައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ސިނަމާލޭ 4 ގެ ވަށާފާރު ރޭނުމުގެ މަސައްކަތުގެ ދަށުން، މަސައްކަތް ހަވާލުކޮއްފައިވާ ކިއުބިކް ކުންފުނީގެ ފަރާތުން 6 އިންޗި ފުޅާމިނުގައި 516 އަކަފޫޓުގެ ފާރެއް ރާނަންޖެހޭނެއެވެ. 30 ދުވަހުގެތެރޭގައި ނިންމުމަށް މި މަސައްކަތް ޙަވާލުކޮއްފައިވަނީ 373829.52 ރުފިޔާއަށެވެ.

ސިނަމާލޭ 4 ގެ ވަށާފާރު ރޭނުމަކީ އެ ފްލެޓްތަކުގައި ދިރިއުޅޭ ޢާއިލާތަކުން ސިޓީ ކައުންސިލްގައި އެދިފައިވާ އެދުމެއްގެމަތިން ކުރާ މަސައްކަތެކެވެ. އެމީހުން އެދިފައިވަނީ އެހެންވެސް ފްލެޓްތަކުގައި އިން ވަކިކޮއްފައިވާ ފަދައިން މި ފްލެޓްގައިވެސް އިން ވަކިކޮއްދިނުމަށެވެ. އަދި އިމުގެތެރޭގައި އެކިބާވަތުގެ ގަސް އިންދައި ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ފްލެޓްތަކުގައި ދިރިއުޅޭ ޢާއިލާތަކުން ބޭނުންވެއެވެ.

އިންފާރު ރޭނުމުގެ މަސައްކަތައް ޚަރަދުކުރަނީ ސިޓީ ކައުންސިލްގެ ބަޖެޓުންނެވެ.

ވިލިމާލޭގައި ގިނަ މަސައްކަތްކެއް ކުރުމަށް ސިޓީ ކައުންސިލުން ނިންމައި ބައެއް މަސައްކަތްތައް ވަނީ އިޢުލާންކުރެވިފައެވެ، އަދި ބައެއް މަސައްކަތްތައް ވަނީ ހުއްދަ ހޯދުމުގެ މަރުހަލާގައެވެ. ވިލިމާލޭގައި އިމާރާތްކުރާ މާރުކޭޓްގެ ކުރެހުންތައް ނިންމައި ބަޖެޓް ހޯދުމަށް ވަނީ އެލް.ޖީ.އޭ އަށް ފޮނުވިފައެވެ.