މާލޭސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ސަޢޫދީ ސަފީރާ ބައްދަލުކުރައްވައިފި

މާލޭސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ސަޢޫދީ ސަފީރާ ބައްދަލުކުރައްވައިފި

3 ހަފްތާ ކުރިން

ސަޢުދީޢަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވައިފައިހުންނަވާ އެމްބެސެޑަރ ހިޒްއެކްސެލަންސީ މާތުރެޚް ޢަބްދުﷲ އެމް.އަލްދަސަން އާއި މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މިމަހުގެ 30 ވަނަ ދުވަހު ބޭއްވުނު މި ބައްދަލުވުން އޮތީ ސަޢޫދީ އެމްބަސީގައެވެ.

މި ބައްދަލުވުމުގައި ސަޢޫދީ ސަރުކާރުގެ ފަރާތުން މާލޭ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން މިހާރު ހިންގާ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެހީތެރިކަން ދެއްވިދާނެ އަދި ޝައުގުވެރިކަން ހުރި މަޝްރޫޢުތަކާބެހޭގޮތުން މަޝްވަރާތައް ކުރެވުނެވެ.

ސަޢޫދީޢަރަބއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮއްދޭ ގައުމެކެވެ. އެގޮތުން ސަލްމާނު މިސްކިތާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެހީތެރިކަން ފާހަގަކޮއްލެވެއެވެ.