މާލޭ މަސްމާރުކޭޓް ސަރަހައްދުގެ ފަޅުތެރޭގައި ދަތުރުނުކޮއް ގަވައިދާޚިލާފަށް އަޅާފައިހުންނަ ދޯނިތައް ނެގުމުގެ މަސައްކަތްފަށައިފި

މާލޭ މަސްމާރުކޭޓް ސަރަހައްދުގެ ފަޅުތެރޭގައި ދަތުރުނުކޮއް ގަވައިދާޚިލާފަށް އަޅާފައިހުންނަ ދޯނިތައް ނެގުމުގެ މަސައްކަތްފަށައިފި

3 މަސް ކުރިން

މާލޭ މަސްމާރުކޭޓާދިމާ ފަޅުތެރޭގައި ދަތުރުނުކޮށް އަޅާފައިހުންނަ އުޅަނދުފަހަރުނަގައި ފަޅުތެރެސާފުކޮށް ފަޅުތެރެއަށް ވަދެނިކުމެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މާލޭ ސީޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އިސްނަގައި ކުރިއަށް ގެންދާ މި މަސައްކަތަކީ މި ސަރަޙައްދުގެ ފަޅުތެރޭގައި އަޅާފައި ގިނަ ދުވަސްވެފައި ހުރި އުޅަނދުފަހަރަކީ ދަތުރުފަތުރުނުކޮށް ގިނަ ދުވަހު ފަޅުތެރޭގައި ހުންނަ އުޅަނދުފަހަރަށްވާތީ، މި ސަރަހައްދަށް ވަންނަ ބޭނުންވާ މަސްވެރި އުޅަނދުފަހަރަށާއި އަދި އެހެނިހެން ބޭނުމަށް ވަންނަ އުޅަނދުފަހަރަށް ފަޅުތެރެއަށް ވަދެވޭނެގޮތެއް ނެތުމާއެކު ދިމާވާ ދަތިތަށް ހައްލު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން އުޅަނދުފަހަރު ނަގާއިރު ނުދުއްވާ ގިނަދުވަސްވެފައިވުމާއި އަދި ގަވައިދުން ހުއްދަތައް ފުރިހަމަކޮށްފައި ނުވުމާއި އެހެނިހެންވެސް ގަވައިދާ ޚިލާފްކަންކަން ހިންގުމުގެ މައްޗަށް ރިޢާޔަތްކުރާނެއެވެ.

މި މަސައްކަތްފެށުމުގެ ކުރިން ސިޓީކައުންސިލުން ނެގި މައުލޫމާތުން އެނގޭގޮތުގައި މި ސަރަހައްދުގައި ދަތުރުނުކޮއް އަޅާފައި އޮންނަ 27 އުޅަނދެއް އޮވެއެވެ. ބައެއް އުޅަނދުފަހަރުގައި ގަވައިދާ ޚިލާފް އެތައް ކަމެއް ހިނގަމުންދާކަމުގެ ރިޕޯތްތައް ލިބެއެވެ. އޭގެތެރޭގައި ފޮށި ބަހައްޓައިގެން މަސްވިއްކުންފަދަ ކަންކަން ވެސް ހިމެނެއެވެ.

ބަނދަރަކީ ލަފާފުރުމުގެ ކަންތައްތަކަށް އޮންނަ ތަނަކަށްވެފައި މިގޮތަށް އުޅަނދުފަހަރު އަޅައިގެން މަސްވިއްކުންފަދަ ކަންކަން ކުރުމަކީ ބަނދަރުގެ މަގްޞަދުގެއްލޭކަމެކެވެ.

މިއަދު ހެނދު 30.6 ފެށި މި މަސައްކަތަކީ މާލޭ ސީޓީކައުންސިލާ ކަމާބެހޭ އެހެނިހެން އިދާރާތަށް ގުޅިގެން އުފައްދާފައިވާ ޓާސްކްފޯސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތުގައި އެހީތެރިކަން ދެއްވާ ފަރާތްތަކުގެތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މޯލްޑިވްސް އިމިގްރޭޝަން، ގްރޭޓަރ މާލޭ ކޯޕަރޭޝަން، އެމް.ޓީ.ސީ، އެމް.އެން.ޑީއެފްގެ ކޯސްޓްގާޑް ހިމެނެއެވެ. މިއަދުގެ މަސައްކަތުން 4 ދޯނި ނަގާފައިވެއެވެ.