މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކޮށްފި

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކޮށްފި

1 އަހަރު ކުރިން

މި ހަފްތާގެ ބުދަ ދުވަހުގެ ރޭ ބޭއްވުނު މި ބައްދަލުވުން ބޭއްވިފައި ވަނީ ރެހެންދި ސުކޫލް ހޯލުގައެވެ. މި ބައްދަލުވުމުގައި ރައްޔިތުންނާއި މުޙާތަބުކުރައްވާ މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޞިފާ މުހަންމަދު ދެއްކެވި ވާހަކަފުޅުގައި ހުޅުމާލޭގައި ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާއި ބެހެގޮތުން އެޗް.ޑީ.ސީ އާއިއެކު މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި އެޗް.ޑީ.ސީ ގެ ފަރާތުން މެނޭޖިންގެ ޑިރެކްޓަރ  ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންގެ ދަތިތަށް ހައްލުކުރުމަށްޓަކައި ހޮޓްލައިން ނަންބަރަކާއިއެކު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ހުޅުމާލެ އާއި ބެހޭ ޕްރެސެންޓޭޝަނެއް އެޗް.ޑީ.ސީ ގެ ފަރާތުން ދެއްވިއެވެ.
މި ބައްދަލުވުމުގައި އެލް.ޖީ.އޭ ގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އަލްފާޝިލް އާދަމް ޝަރީފްވެސް ވާހަކަފުޅުދެއްކެވިއެވެ. ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި ހުޅުމާލޭގެ ރައްޔިތުންގެ ޝުޢޫރުތަށް ކައުންސިލުން އަޑުއަހާ ހިޔާލު ފާޅުކުރެވުނެވެ. 7 އަހަރަށްފަހު ބޭއްވުނު މި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން، މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ ބޭނުން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. އަދި އެޗް.ޑީ.ސީ އާއި މާލޭ ސިޓީ ކައުންސިލުންވެސް ކުރިއަށް އޮތްތާ ރަނގަޅު ކުރަންޖެހޭ މުހިންމު ކަންކަން ފާހަގަ ކުރެއްވިއެވެ.