ފަންސާސް ހާސް ރައްޔިތުންނަށް ފަސޭހަކަމާއެކު ގުޅީފަޅުގައި އުޅެވޭނެކަމަށް މޭޔަރ ވިދާޅުވެއްޖެ

ފަންސާސް ހާސް ރައްޔިތުންނަށް ފަސޭހަކަމާއެކު ގުޅީފަޅުގައި އުޅެވޭނެކަމަށް މޭޔަރ ވިދާޅުވެއްޖެ

3 މަސް ކުރިން

ފަންސާސްހާސް ރައްޔިތުންނަށް ފަސޭހަކަމާއެކު ގުޅީފަޅުގައި ދިރިއުޅޭވޭނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ ގެދޮރުވެރިކަމާބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް 2 ސެޕްޓެމްބަރ 2021 ވަނަދުވަހުގެރޭ އިމާދުއްދީން ސްކޫލު ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ ގުޅީފަޅުގެ ޕްލޭން ބަދަލުކޮށް ރައްޔިތުންނަށް ގޯތި ދިނުމަށް،  ރައީސުލްޖުމްހޫރިއްޔާއަށާއި ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅާފައިވާނެކަމަށެވެ. މިކަމަށް އަމަލީ ސިފަ އަންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މޭޔަރ ވިދާޅުވީ ގުޅީފަޅު ޕްލޭން ބަދަލުކުރުމަށް މަޝްވަރާކުރުމުގެ ފުރުޞަތު ހުޅުވާލައި ސިޓީކައުންސިލްގެ ބައިވެރިވުމާއެކު މަޝްވަރާތައް ގެންދެވޭނެގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވިއަސް އެކަމް ވަމުންދާތަން ފެނިވަޑައިނުގަންނަވާކަމަށެވެ.

ގުޅީފަޅާބެހޭ ޓެކްނިކަލް ބައެއް މައުޅޫމާތު ހިއްސާކުރައްވަމުން ވިދާޅުޥީ ސަރުކާރުން ބޭނުންފުޅުވާ ޕޯޓް އެތަނުގައި ބޭއްވުމަށް 70 ހެކްޓަރުގެ ބިން ނެގިކަމުގައި ވިއަސް 1500 އަކަފޫޓުގެ 4000 ގޯތި ދެވޭނެކަމަށެވެ. އަދި 1200 އަކަފޫޓުގެ ތިންކޮޓަރީގެ 6000 ފްލެޓް އެޅޭނެކަމަށެވެ. މާލޭގައި މިހާރު އޮތް އެމް.ޕީ.އެލް ސަރަޙައްދަކީ 7 ހެކްޓާރަކަން ފާހަގަކުރައްވައި ވިދާޅުވީ އެއަށްވުރެ 10 ގުނަ ބޮޑުކޮށް ޕޯޓް ނެގިކަމުގައި ވިއަސް އަދި ޕޯޓް ބޭއްވި ކަމުގައި ވިއަސް މިހާރު އޮތް މިން ކުޑަކޮޢްލުމުން މާލޭ ރައްޔިތުނަށް ގިނަ އަދަދެއްގެ ގޯއްޗާއި ފްލެޓް ދެވޭނެ ޖާގަ އެތަނުގައި އެބަ އޮތްކަމަށެވެ.

މިކަންކަން މިގޮތަށް ކުރުމަކީ މާލޭ ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭނެކަމެއްކަން ހާމަކުރައްވައި މިކަން ކުރުމުގައި ސިޓީ ކައުންސިލުން އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ބޭންނުންނަމަ އެ އެހީތެރިކަން ދެއްވާނެކަމަށް މޭޔަރ ވިދާޚުވިއެވެ.