ވިލިމާލޭ ޑިޕާޓްމަންޓް އުފެއްދުމަށް ޖާގަ ތަނަވަސް އޮފީހެއް އަޅަން ނިންމައިފި

ވިލިމާލޭ ޑިޕާޓްމަންޓް އުފެއްދުމަށް ޖާގަ ތަނަވަސް އޮފީހެއް އަޅަން ނިންމައިފި

1 މަސް ކުރިން

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ދެމުން އަންނަ ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކޮށް އިތުރު ޚިދުމަތްތައް ތަޢާރަފްކުރުމަށް މަގުފަހިކުރުމުގެ ގޮތުން މިކަމަށް ބޭނުންވާ އޮފީސް އިމާރާތެއް ގާއިމްކުރުމަށް ހަމަޖައްސައިފިއެވެ.

މާލޭ ސިޓީގެ ތަރައްޤީއަށްޓަކައި ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ  6 ވަނަ ރަސްމީ ޢާއްމު ޖަލްސާއިން ނިންމާފައިވަނީ ވިލިމާލޭގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ޖާގަ ތަނަވަސް އޮފީހެއް ގާއިމްކުރުމަށް 2000 އަކަ ފޫޓުގެ ބިމެއް ކަނޑައެޅުމަށެވެ. މި ބިން ކަނޑައަޅާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި އިންވެގެން އޮންނަ ސަރަޙައްދުންނެވެ.

ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ މި މަސައްކަތްކުރުމަށް ބިންކަނޑައަޅައި އިމާރާތްކުރެހުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.

ވިލިމާލޭ ދިޕާޓްމަންޓް އުފެދުމުން މާލޭ ސިތީ ކައުންސިލުން މާލޭގައި ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ވިލިމާލޭގެ ރައްޔިތުންނަށް ވިލިމާލެއިން ފޯރުކޮށްދޭނެއެވެ. އޮފީސް އިމާރާތް އަޅައި ޑިޕާޓްމަންޓް އަދި ނު އުފެއްދުނުކަމުގައި ވިއަސް ވިހާމަރުވާއާއި ރަށްވެހިވުމުގެ މަސައްކަތް ވިލިމާލޭ ރައްޔިތުންނަށް ސީދާ ރަށުގައި ތިބެގެން ލިބޭނެ ގޮތް ހަމަޖެއްސުމުގެ ޢަމަލީ މަސައްކަތް މިހާރުފެށިގެން ކުރިއަށް އެބަދެއެވެ.