މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ބޭތިއްބުމަށް ހުޅުމާލޭގައި ޤާއިމްކުރާ މަރިކަޒު ނައިބް ރައީސް ބައްލަވާލައްވައިފި

މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ބޭތިއްބުމަށް ހުޅުމާލޭގައި ޤާއިމްކުރާ މަރިކަޒު ނައިބް ރައީސް ބައްލަވާލައްވައިފި

1 އަހަރު ކުރިން

ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ ނުރައްކާތެރި ޙާލަތަކުން ރައްކާތެރިކަން ހޯދައިދިނުމުގެ ފިޔަވަލެއްގެ ގޮތުން، މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ބޭތިއްބުމަށް ހުޅުމާލޭގައި ޤާއިމްކުރާ މަރުކަޒު ނައިބްރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ނައިބްރައީސް މިތަން ބައްލަވާލެއްވީ މިއަދު މެންދުރުފަހު ހުޅުމާލެއަށް ވަޑައިގެންނެވެ.

މިއީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ބިދޭސީންގެ ތެރޭގައި ބަލި ފެތުރޭގޮތް ވެއްޖެނަމަ ދިމާވެދާނެ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެތެރެއިން ބިދޭސީން ބޭތިއްބުމަށް ހަމަޖައްސާ 800 މީހުންގެ ޖާގައިގެ ތަނެކެވެ.

ނައިބްރައީސް މި މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރޯގާއާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ގްރޭޓަރ މާލޭގައި ސަރވޭކޮށް ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި ޙާލަތުތަށް ދެނެގަނެ ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅާފައެވެ.